ސިންގަޕޯ އެއާލައިންގެ ފްލައިޓެއް ވީއައިއޭއަށް ލޭންޑްކުރަނީ.. ފޮޓޯ: ވޮއިސް ފައިލް ފޮޓޯ
ސިންގަޕޯ އެއާލައިންގެ ފްލައިޓެއް ވީއައިއޭއަށް ލޭންޑްކުރަނީ.. ފޮޓޯ: ވޮއިސް ފައިލް ފޮޓޯ
ވިޔަފާރި 12 Mar 2025 | 10:03

ސިންގަޕޯ އެއާލައިނުން ފްލައިޓް ތެރޭގައި ޕަވަރބޭންކް ބޭނުންކުރުން މަނާކުރަނީ!

އަބްދުﷲ ހުސައިން

ލިޔުންތެރިޔާ

އަބްދުﷲ ހުސައިން

ދުނިޔޭގެ އެންމެ ރަނގަޅު އެއާލައިންގެ ލިސްޓްގެ އެއްވަނައިގައި ހިމެނޭ ސިންގަޕޯ އެއާލައިނުން، ފްލައިޓް ތެރޭގައި ޕަވަރބޭންކް ބޭނުންކުރުން މަނާކުރުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ސިންގަޕޯ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އޭޕްރިލްމަހުގެ އެއްވަނަ ދުވަހުން ފެށިގެން އެ އެއާލައިނުގެ އެއްވެސް ފްލައިޓެއްގެ ތެރޭގައި ފޯނު ނުވަތަ އެނޫންވެސް އެފަދަ ވަސީލަތެއް ޗާޖްކުރުމަށް ޕަވަރ ބޭންކް ބޭނުންކުރުމަކީ މަނާކަމެއް ކަމަށެވެ. ސިންގަޕޯ އެއާލައިނުން ބުނީ އެ އެއާލައިނުގެ މި ނިންމުން، ބަޖެޓް އެއާލައިން ސްކޫޓު އެއާލައިނުގައިވެސް ހަމަ އެގޮތަށް އަމަލުކުރަމުންދާނޭކަމަށެވެ.

ސިންގަޕޯ އެއާލައިނުން މިގޮތަށް ނިންމާފައިވަނީ އިންޓަރނޭޝަނަލް އެއަރ ޓްރާންސްޕޯޓް އެސޯސިއޭޝަނުގެ ޤަވާއިދާ އެއްގޮތްވާގޮުގެ މަތިންނެވެ. އަޔާޓާއިން ކަނޑައަޅާފައިވާ ފްލައިޓްތެރޭގައި ގެންގުޅުން ރައްކާތެރިނޫން ތަކެތީގެ ތެރޭގައި ވަނީ ޕަވާރ ބެންކްގައި ހުންނަ ލިތިއަމް ބެޓްރީ ހިމެނެއެވެ. ސިންގަޕޯ އެއާލައިނުން ގެނައި މި ބަދަލާއެކު އޭޕްރިލްމަހުގެ އެއްވަނަ ދުވަހުން ފެށިގެން ޕަވަރބޭންކް ލާންޖެހޭނީ ދޫކޮށްލާ ލަގެޖަށެވެ.

ސިންގަޕޯ އެއާލައިނުގެ ފްލައިޓް ތެރޭގައި ޕަވަރ ބޭންކު، ބޭނުންކުރުން މަނާކުރަންޖެހުމުގެ މައިގަނޑު ސަބަބަކީ، ޕަވަރބޭންކް އޯވާ ހީޓްވުމުގެ ސަބަބުން ފްލައިޓް ތެރޭގައި ބައެއްކަހަލަ ކަންކަން ހިނގުމާ ގުޅިގެންކަމަށް މީޑިއާގެ ބައެއް ފަރާތްތަކުން ވަނީ ރިޕޯޓްކޮށްފައެވެ.

ސިންގަޕޯ އެއާލައިނަކީ އެއާލައިންތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އަދި ސަލާމަތީގޮތުންވެސް އެންމެ ރަނަގޅު މިންގަނޑެއް ހިފަހައްޓަމުން އަންނަ އެއާލައިނެވެ. ސިންގަޕޯ އެއާލައިނުން އަންނަނީ ރާއްޖެއަށްވެސް އުދުހުންތައް ބާއްވަމުންނެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް