އެޗްޕީއޭގެ އިލްތިމާސް: ވޯޓު ކިއުގައި ތިބޭއިރު ފެންބޯތި!
މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ކިއުގައި މަޑުކޮށްގެން ތިބޭއިރު ކަރުހިއްކާނަމަ، އެނާޖީ ޑްރިންކްގެ ބަދަލުގައި ފެން ބުއިމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.
އެޗްޕީއޭ އިން މިގޮތަށް އިލްތިމާސްކޮށްފައިވަނީ ޓްވިޓަރ މެދުވެރިކޮށެވެ.
އެ ޓްވީޓްގައި ބުނެފައިވަނީ ވޯޓު ލުމަށް ކިއުގައި ތިބޭއިރު ކަރުހިއްކާނަމަ ހަކުރުލީ ބުއިންތަކާއި އެނާޖީ ޑްރިންކް އަދި ސޮފްޓް ޑްރިންކްގެ ބަދަލުގައި ފެން ބުއިމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި ކަރުހިއްކުން ފިލުވައިލުމަށް ރަނގަޅު ގޮތަކީ އެއީ ކަމަށްވެސް އެޗްޕީއޭ އިން ބުނެފައިވެއެވެ.
ވޯޓު ލުމުގެ ތެރޭގައި ކުނި ނާޅާ، ވެށި ސާފުކަންމަތީ ބޭއްވުމަށްވެސް އެ ޓްވީޓުގައި ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް