މިއަހަރު ޒިޔާރަތްކުރި 1.5މިލިޔަން ވަނަ ފަތުރުވެރިޔާ ދިވެހިރާއްޖެއަށް އަތުވެއްޖެ
ދިވެހިރާއްޖެއަށް މިއަހަރުގެ ތެރޭގައި ޒިޔާރަތްކުރި 1.5 މިލިޔަން ވަނަ ފަތުރުވެރިޔާ މިއަދު ހެނދުނު އަތުވެއްޖެއެވެ.
ރަޝިޔާއަށް ނިސްބަތްވާ މި ފަތުރުވެރިޔާއަށް މަރުހަބާ ކިޔުމަށް ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ވަނީ ޚާއްސަ ހަފްލާއެއް ކުރިއަށް ގެންގޮސްފައެވެ. މި ހަފްލާގައި އޭނާއަށް މަރުހަބާ ކިޔާފައިވަނީ މާފައްޗާއި ސަގާފީ ހަރަކާތްތަކާއި އެކުގައެވެ.
މި ހަފްލާގައި ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދު، އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުހައްމަދު އަދި އެމްއޭސީއެލްގެ އެކްޓިންގ މެނޭޖިންގ ޑިރެކްޓަރ މޫސާ ޞާލިހު ވަނީ ބައިވެރިވެ ވަޑައިގަންނަވާފައެވެ.
މިއަހަރުގެ ތެރޭގައި ރެކޯޑް އަދަދަކަށް ދިވެހިރާއްޖެއަށް ފަތުރުވެރިން އަންނާނެކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ލަފާކޮށްފައެވެ. މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންކަމަށް ތަފާސް ހިސާބުތަކުން ދައްކައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް