N/A
N/A
ހަބަރު 12 Jan 2019 | 10:39

ފަނޑިޔާރަކު އަންދާލި ރާއްޖޭގެ ރަސްގެފާނުގެ ވާހަކަ!

ޒަމާނުއްސުރެ ރާއްޖޭގެ އެތެރެ ކޮއިލު ފާހަގަވެފައިވަނީ ހަމަނުޖެހުންތަކުން ފުރިގެންވާ ތަނެއްގެ ގޮތުގައެވެ. ބޮޑުންގެ މެދުގައި އަރައިރުން އޮވެ، އެ އަރައިރުމުގައި ލޭ އޮހޮރުވާ ހިސާބަށް ދާކަމީ ތާރީޚުގެ ސަފްހާތަކުން އެނގިހާމަވާން ހުރި ކަމެކެވެ. މިގޮތުން ގިނަފަހަރަށް މިފަދަ އަރައިރުން ހިނގަނީ ވެރިކަމުގެ ތަޚުތުގެ އާރާއި ބާރު ހޯދުމަށް ކަމުގައިވިޔަސް، ބައެއް ފަހަރު ހައްޤުބަސް ބުނެގެންވެސް މީހުންގެ ލޭ އޮހޮރުވާފައި އެބަހުއްޓެވެ.

މި ބީދައިން ދިވެހި ތާރީޚުގެ ކަޅު ސަފްހާތަކުގެ ތެރެއިން އެނގެން އޮންނަ އެއް ވާހަކައަކީ ފަނޑިޔާރު މަނިކުފާނު ހައްޤުބަސް ވިދާޅުމުން، އެކަމާއި ހިތްޕުޅާ ނުވެގެން ރަސްގެފާނަކު ވަރަށް އަނިޔާވެރިކޮށް އެފަނޑިޔާރު މަރާލި ވާހަކައެވެ. ތާރީހީ ރިވާޔަތްތަކުގައި މި ވާހަކަ އެނގެން އޮންނައިރު، މި ވާހަކައަކީ އަދުލު އިންސާފުގެ ނިޒާމުން ރަސްކަމުގެ ބާރު ދެކެ ބިރުނުގަނެ ދިޔަ ފަހަރުތަކުގެ ތެރެއިން ފަހަރެކެވެ.

މިއީ އައްސުލްތާން ޙާއްޖަ ޙަސަން ސިރީ ރާދަވީރު މަހާރަދުން ނުވަތަ މަޝްހޫރު ހަދި ހަސަން ރަސްގެފާނުގެ ވާހަކައެވެ.

މި ރަސްގެފާނުގެ ދައުރުގެ މެދުތެރެއިން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރެއްވުމަށް ގަސްދުކުރައްވައިގެން، އެމަނިކުފާނުގެ ދަރިކަލުންނާއި ވެރިކަމުގެ ބޮޑުންގެ މައްޗަށް ވެރިކަން ހިންގުން ދޫކުރައްވައި މައްކާއަށް ވަޑައިގެންނެވިއެވެ. ހައްޖުކުރުމުގެ ނިޔަތުގައި ދަތުރުމަތީގައި ގިނަ ދުވަސްތަކެއް އުޅުއްވުމަށްފަހު، ހައްޖު ކުރައްވައި އެނބުރި މާލެ ވަޑައިގެންނެވީ 70 އެއްހާ ބަބުރު އަޅުން ގޮވައިގެންނެވެ. ބެލެވޭ ގޮތުގައި މިއީ އެފްރިކާ ހިސާބުގެ އަޅުންތަކެކެވެ.

ރަސްގެފާނަށް މިއަޅުންތައް ވެގެންދިޔައީ މާ ހިތްޕުޅާވާ ބަޔަކަށެވެ. ހަދި ހަސަން ރަސްގެފާނު ހެއްދެވި ގޮތަކީ ގަނޑުވަރުގައި ގެންގުޅުއްވާ ދިވެހި ޚާދިމުންގެ ބަދަލުގައި މި އެފްރިކާގެ އަޅުން ގެންގުޅުއްވަން ފެއްޓެވީއެވެ. މި އަޅުންތައް މި ބީދައިން ގެންގުޅެމުން ދަނިކޮށް، އެއިން އެކަކު އާންމު ދިވެއްސަކު މަރާލައިފިއެވެ.

އެ ޒަމާނުގައިވެސް އޮންނަ އުސޫލަކީ ކުށެއް ކޮށްފިނަމަ އިންސާފުވެރި ނިޔާއެއް ކަނޑައެޅުމުގެ މަގުސަދުގައި މީހަކު ފަނޑިޔާރުގެއަށް ގެންދަނީއެވެ. މި އަޅުމީހާވެސް ފަނޑިޔާރެއްގެ ކުރިމައްޗަށް ހާޒިރުކުރެވުނު އިރު، އޭނާގެ މައްޗަށް އަދުލު ކަނޑައެޅުމަށް ހުރީ އަލްޤާޒީ ޙަސަން ޝީރާޒީއެވެ. ގާޒީ ހަސަން ޝިރާޖީ ބޭނުންފުޅުވީ އެ އަޅުމީހާގެ މައްޗަށް ޝަރީއަތުން އިއްވަންޖެހޭނެ ހުކުމެއް އިއްވުމަށެވެ. ނަމަވެސް މިކަން ވެގެންދިޔައީ ހަދި ހަސަން ރަސްގެފާނަށް މާބޮޑަށް ހިތްޕުޅާވީ ކަމަކަށް ނޫނެވެ.

އިސާހިތަކު މި ދެބޭފުޅުންގެ މެދުގައި އަރައިރުން އުފެދިއްޖެއެވެ. މިކަން ބޮޑުވެ، ހަދި ހަސަން ރަސްގެފާނު އެންމެ ފަހުން ބޭނުންފުޅުވީ ފަނޑިޔާރު މަނިކުފާނުގެ ދުވަސް ދުއްވާލާށެވެ. އެހެންކަމުން ރަދުންގެ އަމުރުފުޅަށް ފަނޑިޔާރުކަލޭގެފާނުގެ ގައިގާ ކަފަ ބަނދެފައި ރޯކޮށްލެވުނުކަމަށް ބުނެވެއެވެ.

ގުދުރަތުގެ ނިޔާ ކިހާ މަތިވެރިތޯއެވެ. މިކަން ކުރުމަށްފަހު ރަސްގެފާނަށްވެސް ހިންދަމާލައިގެން އެހާ ގިނަ ދުވަހަކު ނުހުރެވުނެވެ. މި ހާދިސާއަށް މާގިނަ ދުވަސްތަކެއް ނުވަނީސް، ވަރަށް ބިރުވެރި ނާމާން އާލާސްކަންފުޅެއްގައި ރަދުން އަވަހާރަވިއެވެ. މި ރަދުން އަވަހާރަވި ހާލަތުގެ ނާމާންކަމުން ފަސްދާނުލެވުނީވެސް ގާ ސަންދޯކެއްގައެވެ. މި ރަދުންގެ ސަންދޯއްކޮޅު އޮތީ އެއްޒަމާނެއްގައި ލޮނުޒިޔާރަތްކޮޅުގައެވެ.

މައުލޫމާތު ނެގުނީ: ތަންޤީހު ކުރެވުނު ދިވެހިރާއްޖޭގެ ތާރީހުގެ ތަންތަންކޮޅު، އަލްއަމީން މުހައްމަދު އަމީން ދީދީ

ގާ ސަންދޯކުގެ ފޮޓޯ: ލޫކަސް ޖަލީލް. ކޮމް

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...