އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމްކުރަނީ
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
އައްޑޫސިޓީގައި އަވައްޓެރި އިންޑިއާ އެމްބަސީގެ ކޮންސިއުލޭޓެއް ގާއިމްކުރުމަށް ރާއްޖެ އާއި އިންޑިއާ ދެޤައުމުގެ ދެމެދުގައި މަޝްވަރާކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި މިއަދު ވަނީ ދެޤައުމުގެ އެންމެ އިސްވެރިންގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބާއްވާފައެވެ. މި މަޝްވަރާތަކުގައި ދެ ޤައުމުން ވަނީ، އައްޑޫސިޓީގައި އިންޑިއާގެ ކޮންްްްސިއުލޭޓެއްގެ އިތުރުން އިންޑިއާގެ ބެންގަލޫރުގައި ދިވެހިރާއްޖޭގެ ކޮންސިއުލޭޓެއް ޤާއިމުކުރުމަށް މަޝްވަރާކޮށްފައެވެ.
މިކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް ކުރައްވަމުންގެންދަވާ ފުރަތަމަ ފުރަމާނަ ދަތުރުފުޅުގައި ދެޤައުމުގެ ދެމެދު ރަސްމީވާހަކަތައް މިހާރު ބާއްވާފައިވާކަމަށެވެ.
ރައީސް އިންޑިއާއަށް ވަޑައިގެން މިއަދު ދެޤައުމުގެ ވެރިން ދެއްވި ޖޮއިން ސްޓޭޓްމަންޓްގައި ރައީސް ޑރ.މުއިއްޒު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ، ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތުދެއްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް