ސީޕްލޭން ޓާމިނަލްގެ އޮނިގަނޑު ހަދާ ނިމިއްޖެ
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްގީކުރުމަށް ހިންގަމުންދާ ބިޔަ މަޝްރޫއުގެ ތެރެއިން އަލަށް ހަދާ ސީޕްލޭން ޓާމިނަލްގެ އިމާރާތުގެ ބޭރުގެ އޮނިގަނޑު ހަދާ ނިމިއްޖެއެވެ.
ބޭރު އޮނިގަނޑުގެ މަސައްކަތް ނިންމުމަށްފަހު މިހާރު ކުރަމުންދަނީ އެތެރޭގެ މަސައްކަތްތައްކަމަށް އެއަރޕޯޓު ހިންގާ އެމްއޭސީއެލްއިން ބުނެއެވެ.
ވީއައިއޭގައި ހަދާ އާ ސީޕްލޭން ޓާމިނަލްގެ މަޝްރޫއުގެ ދަށުން 3.2 ހެކްޓަރު (32،000 އަކަމީޓަރު) ގެ ބިން ވަނީ ހިއްކާފައެވެ. މިއީ ޖުމްލަ 40 މިލިއަން ޑޮލަރު (ގާތްގަނޑަަކަށް 616 މިލިއަން ރުފިޔާ) ގެ މަޝްރޫއެކެވެ.
މި ޓާމިނަލް ހަދާފައިވަނީ 14،000 އަކަމީޓަރު ސަރަހައްދެއްގަ އެވެ. ސީޕްލޭން ޓާމިނަލްގެ މަސައްކަތް ކުރަނީ، ވީއައިއޭގެ އާ ރަންވޭގެ މަސައްކަތްކުރާ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އިންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް