އަސްވާޑް އެމްޓީޑީގެ ޓިކެޓްގައި ތުލުސްދޫ ދާއިރާއަށް!
މަޝްހޫރު ނޫސްވެރިޔާ އިބްރާހިމް ވަހީދު (އަސްވާޑް) މިއަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވައިފިއެވެ.
އަސްވާޑް ވާދަކުރެއްވުމަށް ނިންމަވާފައިވާ ދާއިރާއަކީ ތުލުސްދޫ ދާއިރާއެވެ. މި ދާއިރާގެ ރަށްތަކުގެ ތެރޭގައި ދިއްފުށި، ހުރާ، ހިންމަފުށި އަދި ތުލުސްދޫ ހިމެނެއެވެ.
މި ދާއިރާއަށް އަސްވާޑް ވާދަކުރެއްވުމަށް ހަމަޖެހިފައިވަނީ ކުރީގެ ނައިބް ރައީސް އަހްމަދު އަދީބްގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް، އެމްޓީޑީގެ ޓިކެޓެއްގައެވެ.
ޤާސިމް އިބްރާހިމްގެ ހާމަ ނޫހުގައި ނޫސްވެރިކަމުގެ ގިނަ ދުވަސްތަކެއް ހޭދަކޮށްފައިވާ އަސްވާޑަކީ މިވަގުތު ސަންގުޓީވީގެ މެނޭޖިންގް ޑިރެކްޓަރކަމުގެ މަގާމު ފުރުއްވަމުން ގެންދަވާ ފަރާތެވެ. އަސްވާޑް ވަނީ މީގެ ކުރިން ރާއްޖެ ޓީވީގައިވެސް ހަރަކާތްތެެރިވެ ވަޑައިގަންނަވާފައެވެ.
އަސްވާޑް ވަނީ މީގެ ކުރިން 2014ވަަނަ އަހަރު، އެމްޑީޕީގެ މާފަންނު ދެކުނު ދާއިރާގެ މަޖިލިސް ޕްރައިމަރީގައިވެސް ވާދަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް