N/A
N/A
ހަބަރު 20 Jul 2019 | 02:54

ޢަދާލަތު ޕާޓީ ރިފޯމް ކުރުން!

ޢަދާލަތުޕާޓީ އަކީ ރާއްޖޭގެ އިސްލާމީ ވަންތަކަން ދަމަހައްޓަން މަސައްކަތްކޮށް އިސްލާމީ ދަޢުވަތު ފަތުރައި ރިވެތި އުޞޫލުތައް ދިރުވަން ރާއްޖޭގެ އެތައް އެތައް ޢިލްމުވެރިން ވެގެން އުފެއްދި ޕާޓީއެކެވެ. އަދާލަތު ޕާޓީގެ 2005 އުފެދުނު އިރު ރާއްޖޭގެ ދީނީ ޙާލަތު އޮތީ ތަފާތު ގޮތަކަށެވެ. ޢިލްމުވެރިންނަށް ލިބެމުންދިޔަ އަނިޔާގެ ވާހަކަ ބަޔާންކުރާކަން ނެތީމެވެ.

ޢަދާލަތުޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވީ ޝައިޚު ހުސައިން ރަޝީދު އަޙުމަދާއި ( ބޭރުކޮށްފަ) ޑރ ޢަބްދުލްމަޖީދު ޢަބްދުލްބާރީއާއި –رحمه الله- ( އަވަހާރަވެފައި) ޝައިޚު މުޙައްމަދު ދީދީއާއި ( ބޭރުކޮށްފަ) ޑރ. މުޙައްމަދު ޝަހީމް (ބޭރުކޮށްފަ) ޝައިޚު ޢިމްރާން ޢަބްދުﷲ ( ކޮންގްރސްއަކާ ނުލައި ޕާޓީގެ ވެރިކަމުގައި ދިހަ އަހަރު). އާއި އަލްފާ މޫސާ މަނިކާއި ( ބޭރުކޮށްފަ) މުޙައްމަދު މުޖްތަބާއާއި ( ބޭރުކޮށްފަ) ސްމާޓް އަލިބެއާއި،(އަވަހާރަވެފަ) އަސަދުﷲ ސާފިޢީއާއި ( ބޭރުކޮށްފަ) އިބްރާހިމް މުއްޠަލިބާއި (އެކަހެރިކުރެވިފައި) ޝައިޚު އިލްޔާސް (އެކަހެރިކުރެވިފައި) އެވެ.

ޢަދާލަތުޕާޓީ އުފެއްދުމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވީ ޝައިޚު ހުސައިން ރަޝީދު އަޙުމަދާއި

ޢަދާލަތުޕާޓީ އުފެއްދުމަށްފަހު ޝައިޚު ހުސައިން ރަޝީދުގެ ލީޑަރޝިޕްގައި އެންމެ ބޮޑު އިސްކަމެއް ދެއްވީ އިސްލާމީ ދަޢުވަތަށެވެ. އަދި އެއިރުގައި މައުމޫންގެ ސަރުކާރާ މަޝްވަރާކޮށްގެން ރާއްޖޭގައި އިސްލާމީ ބޭންކެއް ޤާއިމު ކުރުމުގެ މަސައްކަތް ޢަދާލަތު ޕާޓީން ފެށިއެވެ. އެމްއައިބީ އަކީ މިގޮތުން ފެށި މަސައްކަތުން ހުޅުވިގެން ދިޔަ ތަނެކެވެ. ޝައިޚު ހުސައިން ރަޝީދަކީ ޑިމޮކްރަސީއަށް ލޯބި ކުރެއްވި ބޭފުޅެއް ކަމުން ޕާޓީގެ އެތެރޭގައި އޭނާގެ ވެރިކަމުގައި އޭނާގެ ރައުޔާ ޚިލާފުވިޔަސް ޒުވާބުކޮށް ކޮށްފަ ވެސް އޭނާ ޢަމަލު ކުރަމުން ދިޔައީ ގިނަ ބައެއްގެ ރައުޔަށެވެ. ޚާއްޞަކޮށް ޕާޓީގެ މުއައްސިސުންނަށް ޝައިޚު ހުސައިން ރަސީދު ވަރަށް ބޮޑަށް ގަދަރު ކުރެއްވިއެވެ.

ޝެއިހް އިމްރާނާއި ޑރ އިޔާޒް

ޝައިޚު ހުސައިން ޕާޓީން ވަކިވި އިރު ޕާޓީގައި ފަނަރަ ހާހާ ގާތްކުރާ ވަރަކަށް މެންބަރުން ތިއްބެވެ. ދެން ޕާޓީގެ ލީޑަރޝިޕަށް ވަޑައިގެންނެވީ ޢިމްރާން ޢަބްދުﷲ އެވެ. މިހާރު ޕާޓީގެ މެމްބަރުންގެ ޢަދަދަކީ ހަ ހާސް އެވެ. ޢިމްރާންގެ ވިސްނުން ހުރީ ޕާޓީގެ އަމިއްލަ ތަޞައްވަރުގެ މައްޗަށް ޕާޓީ ހިންގައި އިސްލާމްދީނަށް ޚިދުމަތްކުރުމަށް ވުރެ ޕާޓީން ބޭރު ތަފާތު ވިސްނުމުގެ މީހުންގެ ފަރާތުން ލިބޭ " އިންޓެލް" ގެ މައްޗަށް ޕާޓީ ހިންގުމަށެވެ.

ދިހަ އަހަރުގެ ރެކޯޑަށް ބަލައި ޕާޓީގެ އަމިއްލަ ތަޞައްވަރެއްގައި ހިންގަން ޢިމްރާނަށް ނުވެސް އެނގޭކަން ފާހަގަކުރެވެއެވެ. ޕާޓީގެ އެންމެންގެ ރައުޔާ ދެކޮޅަށް ވެސް އިމްރާން ޢަމަލު ކުރައްވަމުން ދިޔައީ އޭނާއަށް ފެންނަ ގޮތަކަށެވެ. ދުސްތޫރަކަށް އެއްވެސް ވަރަކަށް ބެލުމެއް ނެތެވެ. "އިސްތިޚާރާ" ނުވަތަ ހިތަށް އަންނަ "އިލްހާމް" އަށް ނުވަތަ ނިދާފައި އޮންނަ އިރު ފެންނަ ހުވަފެނަށް ޢަމަލު ކުރައްވައެވެ. އިމްރާން ނޫން މީހަކަށް އެއްވެސް އެއްޗެއް ނޭނގޭ ކަމަށް ދެކެއެވެ.

މިކަމުގެ ސަބަބުން ޕާޓީގެ އަޞްލު އުޞޫލުތަކުން ޕާޓީ ބޭރުވިއެވެ. އަދި ހަރުކަށި ޚުދު މުޚުތާރު ގޮތްތައް ކުރިއަށް ނެރެ " ދީނީ ފޭރާމުގައި" ނަމަވެސް އެހެން މަޤުޞަދެއްގައި ޕާޓީ ހިންގަން ފެށިތަން ފެނިގެންދިޔައެވެ.

މެޑޭގައި ޢިމްރާން ބަންދުވާން ދިމާވި ޙާދިސާއަކީ ވެސް ޢިމްރާން އަމިއްލައަށް ގެނެސްގަތް ކަމެކެވެ. އެކަން ކުރީ ޕާޓީގެ މަޝްވަރާ މަޖިލީހާއި ސިޔާސީ ލީޑަރުންގެ ސީދާ ރައުޔާ ދެކޮޅަށެވެ. އަދި ރާއްޖޭގައި އެބައެއްގެ ތެދުވެރިކަމުގެ މައްޗަށް މީހުން ހެކިވާނެ ދިހަ ދަންނަބޭކަލުން ޢިމްރާން އަރިހަށް އައިސް، ތިޔަ ޢަމަލު ކުރާ ގޮތުން "ލާދީނީ" މީހުންގެ އަތްމައްޗަށް ޤައުމު ހިގައިދާނެ ކަމާއި ތިޔަ މަގުން ދަތުރު ނުކުރަން ދެންނެވުމުން އެމީހުންނާ މުޚާޠަބުކޮށް އޭނާ ވިދާޅުވީ "ތިބޭފުޅުންނަށް ސިޔާސަތު ނޭނގޭނެ ކަމަށެވެ."

މި މަގުން ދަތުރުކޮށް ޢިމްރާން އަމިއްލަ އަށް ބޮނޑި ބުއީއެވެ. މޭޑޭއަކީ އަނިޔާވެރިކަމާ ދެކޮޅަށް ބާއްވާ މުޒާހިރާއެއްކަމަށް ބުނެ ޢަދާލަތު ޕާޓީގެ މެންބަރުންނަށް އޮޅުވާލައިގެން ސަރުކާރު ވައްޓާލަން ހިނގި ކަމެކަން ރޭކާލީ ބޮޑު މަންޒަރަށް ނަޒަރު ހިންގާލުމުން މާފަހުންނެވެ.

މަޝްވަރާ މަޖިލިސް ހިގަމުން ދިޔައީ ޑްރާމާ އުޞޫލަށެވެ. މަޖިލީހުގެ ކުރިން ޢިމްރާން ބޭނުންވާ ގޮތައް އޮންނާނީ ބަޔާން ލިޔެ ތައްޔާރުކޮށްފައެވެ. ޢިމްރާން ބޭނުންވާ ގޮތައް ކަމެއް ފާސްނުވެދާނެހެން ހީވާ ރެއެއްގައި މަޝްވަރާ މަޖްލީހުގެ ކޯރަމް ގެއްލުވާލާނެއެވެ. ކޯރަމް ގެއްލުވާލުމުގެ ފިޔަވަޅު ފުރަތަމަ އަޅާނީ ޑރ މުޙައްމަދު ޢިޔާޒް އެވެ. ޢިމްރާމް އިޝާރާތް ކޮސްލުމުން އޭނާ ހޯލުން ނިކުންނާނެއެވެ. ދެން ޝިދާތާމެން އެއަށް ތަބަޢަވާނެއެވެ.

އެއާއެކު އަދާލަތު ޕާޓީގެ އިސް ސަފުގައި ތިބި ސިޔާސީ ލީޑަރުން ޕާޓީގެ ނިންމުންތަކުން ދުރުކުރިއެވެ. ޕާޓީގެ އެތެރެ ފުނޑުފުނޑު ކޮށްލައި ޢިމްރާންގެ ބާރު އުފައްދަން ޢިމްރާން ބޭނުންކުރީ ދެބާވަތެއްގެ ބައެކެވެ. ޝިދާތާ ފަދަ ޕާޓީގެ މައިގަނޑު އުސޫލްތަކާއި ބީރަށްޓެހިތޮތްތަކެއް ގެންގުޅުއްވާ ބޭފުޅުން ޕާޓީ އަށް ވެއްދުމެވެ.

އަނެއް ބަޔަކީ "ޑޮޓް" ފިކުރުގެ ދީނީ ގޮތުން ހައްދު ފަހަނަޅާފައިވާ މީހުން ޕާޓީގައި ބާރުވެރި ކުރުވުމެވެ. މިގޮތުން އަދާލަތް ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަށް އައްޔަންކޮށްފައިވާ ބޭފުޅަކީ ޢަދާލަތު ޕާޓީ އުފެއްދި އިރު ޕާޓީ އަކީ ޙަރާމް ޕާޓީ އެއްކަން ދެކި އުޅުނު މީހެކެވެ.

ޢަދާލަތު ޕާޓީގެ ފުރަތަމަ ފަސް އަހަރުގައި މިބާވަތުގެ މީހުންނަށް ޕާޓީގެ ތެރޭގައި އެއްވެސް ޖާގަ އެއް ނޯވެއެވެ. ހުސައިން ރަޝީދު އަޙުމަދު އެކަހަލަ މީހުންނަށް ޖާގައެއް ނުދެއްވާނެއެވެ. ޑރ އިޔާޒު މެންވެސް ތިބޭނީ "ސައިޒު"ގައެވެ.

މިހާރުގެ ޙާލަތު ތަފާތެވެ. ޢިޔާޒު ފަތުވާއިން ރަސްކަން ކުރަނީއެވެ. ނަމަވެސް ޕާޓީގެ ތެރޭގައި އިޔާޒު ދައްކާ ވާހަކައެއް މިހާރަކު އަޑު އަހާނެ މީހެއް ނެތެވެ. ސަބަބަކީ ޕާޓީ އޮތީ ސެކިއުލަރ މީހުން ޙިސާރު ކޮށްފައެވެ. ޢިމްރާން ވަނީ ޢަދާލަތު ޕާޓީ އެތެރެއިން ފުނޑާލާފައެވެ.

މާލީ ގޮތުން ވެސް މެނޭޖްކުރަން ނުކުރެވުނެވެ. މިލިއަނުން ޕާޓީ އަށް ލިބުނު ފައިސާ ވެސް މެނޭޖްނުކުރެވުނެވެ. މެންބަރުޝިޕް ވެސް އެތައް ގުނައަކަށް ދައްވީއެވެ. ޕާޓީ އަށް ހޯދާފަ ހުރި ހަރު މުދާތައް ވެސް ވިއްކާލީއެވެ. ޢަދާލަތު ޕާޓީގެ މެމްބަރުންނަށް ވަނީ ޙަޤީޤަތް އޮޅުވާލާފައެވެ. ޢަދާލަތު ޕާޓީގެ މުއައްސިސުންގެ ގިނަ ބަޔަކު ޕާޓީން ބޭރުކޮށްފައި ޕާޓީގެ ތެރޭގައި އިންދީ ނުބައި ގަސްތަކެވެ. އެތައް މުއައްސިސުންނަކީ އަދުއްވުންކަމުގައި ބުނެދިނީއެވެ.

ޢަދާލަތުޕާޓީ އިޞްލާޙު ކުރަންޖެހެއެވެ. އެއީ އެތައް ޢިލްމުވެރިންގެ ޤުރުބާނީއެވެ. އަދާލަތުޕާޓީ އިޞްލާޙު ކުރުމަށްޓަކައި އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ ޢިމްރާނާއި އޭނާގެ އައުވާނުން ހަމަ މަގަށް އެޅުވުމެވެ. ނުވަތަ އެމީހުންގެ ކިބައިން ޕާޓީ މިނިވަންކުރުމެވެ. ޢިމްރާނަކީ އެއްވެސް މީހަކު ދޭ ނަސޭހަތެއް ވެސް މަޝްވަރާއެއް ވެސް ޤަބޫލު ކުރާ މީހެއްނޫނެވެ. މަޝްވަރާ ކުރަން ދަންނަ މީހެއްވެސް ނޫނެވެ. ޕާޓީގެ އަމިއްލަތަޞައްވުރުގެ މައްޗަށް ޕާޓީ ހިންގަން ޖެހެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...