ތަމްރީނު ޕްރޮގްރާމްގެ ތެރެއިން... ފޮޓޯ: އާއިލީ ވުޒާރާ
ތަމްރީނު ޕްރޮގްރާމްގެ ތެރެއިން... ފޮޓޯ: އާއިލީ ވުޒާރާ
ހަބަރު 06 Aug 2025 | 06:57

ސުމޭކް ވަސީލަތްތަކަށް އިސްރަށްވެހިން ބިނާކުރުމަށް، އާއިލީ ވުޒާރާގެ މުއައްޒަފުން ތަމްރީނުކޮށްފި

ލިޔުންތެރިޔާ

ސްޓާފް ރައިޓަރ

ސުމޭކު ވަސީލަތްތަކަށް ހޭލުންތެރި އިސްރަށްވެހިން' ބިނާކުރުމުގެ މަޤްޞަދުގައި، އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ މުވައްޒަފުންނަށް އަމާޒުކޮށްގެން ޓްރެއިނަރުން ތަމްރީނުކުރުމުގެ (ޓީ.އޯ.ޓީ) ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

އިޖުތިމާއީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ މި ތަމްރީނު ޕްރޮގްރާމުގެ މައިގަނޑު މަޤްޞަދަކީ، އިސްރަށްވެހިންނަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން މުޢާމަލާތްކުރުމަށް އެހީތެރިވެދޭނެ ފަރާތްތަކެއް ބިނާކުރުންކަމަށެވެ. މި ތަމްރީނު ޕްރޮގްރާމު، 14 ބައިވެރިއަކު ވަނީ ފުރިހަމަކޮށްފައެވެ.

މި ޕްރޮގްރާމުގެ ތެރެއިން، ޒަމާނާއެކު މުވާސަލާތުކުރުމަށް އައިސްފައިވާ ބަދަލުތަކާއި، އިންޓަރނެޓާއި ސްމާޓްފޯނު ފަދަ ޒަމާނީ ވަސީލަތްތަކުން ލިބޭ ފަސޭހަތަކުގެ ބޭނުން ހިފާނެ ގޮތްތަކާ ގުޅޭގޮތުން، އިސްރަށްވެހިންނަށް މަޢުލޫމާތު ފޯރުކޮށްދެވިދާނެ މުހިންމު ކަންކަން ބައިވެރިންނަށް ވަނީ ދަސްކޮށްދީފައެވެ.

ތަމްރީނު ޕްރޮގްރާމްގެ ތެރެއިން... ފޮޓޯ: އާއިލީ ވުޒާރާ

'ސުމޭކު ވަސީލަތްތަކަށް ހޭލުންތެރި އިސްރަށްވެހިން' ބިނާކުރުމަށްޓަކައި، ޕެންޝަން އޮފީހާއި އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާ ގުޅިގެން އިސްރަށްވެހިންގެ ނާދީގައި މިހާރުވެސް ސިލްސިލާކޮށް ސެޝަންތައް ކުރިއަށް ގެންދާކަމަށް އެ ވުޒާރާއިން ބުނެއެވެ.

މި ތަމްރީނު ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ހިއްސާކުރެވުނު މަޢުލޫމާތުގެ އަލީގައި، މާލެ އާއި އަތޮޅުތެރޭގައިވެސް އިސްރަށްވެހިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމުތައް ހިންގުމުގެ ޤާބިލުކަން ލިބިގެންދާނެއެވެ.

ތަމްރީނު ޕްރޮގްރާމްގެ ތެރެއިން... ފޮޓޯ: އާއިލީ ވުޒާރާ

ހަމައެއާއެކު، ސްމާޓްފޯނު ބޭނުންކުރާނެ ގޮތްތަކާއި، އިންޓަރނެޓް އަދި މުވާސަލާތުކުރުމުގެ އެކި އެޕްލިކޭޝަންތައް ބޭނުންކޮށްގެން މުޢާމަލާތުކުރާނެ ގޮތްތައް މި ތަމްރީން ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ވަނީ ކިޔައިދީފައެވެ.

މީގެ އިތުރުން، ދިވެހިން ޓައިޕްކުރާނެ ގޮތްތަކާއި، ސްމާޓްފޯނު ފަސޭހައިން ބޭނުންކުރުމަށް ފޯނުގެ ސެޓިންގްސް ހަދާނެ ގޮތްތަކުގެ އިތުރުން، ސްމާޓްފޯނު ބޭނުންކޮށްގެން ފައިސާގެ މުޢާމަލާތްތައް ކުރާނެ ގޮތްތަކާއި، ސްމާޓްފޯނާއި އިންޓަރނެޓް ބޭނުންކޮށްގެން ޚަބަރާއި މަޢުލޫމާތު ހޯދާނެ ފަސޭހަ ގޮތްތަކަށް އިސްރަށްވެހިން އަހުލުވެރިކުރުމަށް ބޭނުންކުރެވިދާނެ އުކުޅުތައްވެސް މި ތަމްރީނު ޕްރޮގްރާމުން ދަސްކޮށްދީފައިވެއެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...