އަދީބުގެ މައްސަލަ އދ.ގެ ވޯކިންގ ގްރޫޕަށް ހުށައަޅަނީ
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް އިންޑިޔާއިން ސިޔާސީ ހިމާޔަތްނުދީ އަނބުރާ ރާއްޖެއަށް ފޮނުވި މައްސަލަ އދ.ގެ ކަމާއިބެހޭ ފަރާތްތަކަށް ހުށައަަޅާނެކަމަށް ބުނެފިއެވެ.
ރޮއިޓާސްއާއި ވާހަކަދައްކަމުން އަދީބުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލު ޓޯބީ ކެޑްމަން ވިދާޅުވީ އަދީބުގެ ބައިނަލްއަގްވާމީ ގާނޫނީ ވަކީލެއްގެ ހައިސިއްޔަތުން އަދީބާއި ވާހަކަދެއްކުމުގެ ފުރުސަތު އިންޑިޔާގެ ކަމާއިބެހޭ ފަރާތްތަކުން ދީފައިނުވާ ކަމަށެވެ.
އަދި އިންޑިޔާގެ ހިމާޔަތަށް އެދި އަދީބު ހުށައެޅި ހުށައެޅުމަކީ އިންޑިޔާގެ ކަމާއިބެހޭ އިދާރާތަކުން ރަނގަޅަށް ދެނެގަންނަން ބަލަންޖެހޭނެކަމެއް ކަމަށް އެބޭފުޅާ ވިދާޅުވިއެވެ.
ނަމަވެސް އެކަންކަމަށް ރިއާޔަތްކުރުމެއް ނެތި ދިވެހިރާއްޖެއާއި އަދީބު ހަވާލުކޮށްފައިވުމުން އެ މައްސަލަ އދ.ގެ ވޯކިންގ ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނަށް ހުށައަަޅާނެކަމަށް ޓޯބީ ކެޑްމަން ވަނީ ހާމަކުރައްވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް