ހުޅުމާލެ ފެރީ އާއި ބަހުގެ ހިދުމަތުގެ ވަގުތު އިތުރުކުރަނީ
މާލެ އާއި ހުޅުމާލެއާ ދެމެދު އެމްޓީސީސީގެ ފަރާތުން ފޯރުކޮށްދެމުން އަންނަ ބަހާއި ފެރީގެ ޚިދުމަތް ފޯރުކޮށްދޭ ވަގުތު އިތުރުކުރަން މަޝްވަރާތައް ކުރަން ފަށައިފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ އޮފިޝަލަކާއި ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ފެރީ އާއި ބަހުގެ ހިދުމަތުގެ ވަގުތު އިތުރުކުރުމަށް ގިނަ ބަޔަކު އެދެމުންދާތީ އެކަމާއި ގުޅޭ ގޮތުން ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކާއި އެކު މަޝްވަރާ ކުރަމުންދާ ކަމަށެވެ.
މިހާރު މާލެ އާޢި ހުޅުމާލެ އާއި ދެމެދު ބަހުގެ ޚިދުމަތް ދެނީ ފަތިހު 5:40 އިން ފެށިގެން ރޭގަނޑު 23:00 އާއި ހަމައަށެވެ. އަދި އެމްޓީސީސީ އިން ފެރީގެ ހިދުމަތްދެނީ 5:30 އިން ފެށިގެން 12:30 އާ ހަމައަށެވެ.
ރޭގަނޑު 12:30ގެ ފަހުން ފެރީގެ ޚިދުމަތް މެދު ކަނޑާލުމުން ދަތިތަކާއި ކުރިމަތިލާން ޖެހިގެން އެކަމާޢި ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިޔާގައި ޝަކުވާ ކުރަމުންނެވެ. އެގޮތުން އެންމެ ބޮޑަށް ޝަކުވާ ކުރަނީ އެއާޕޯޓުގައި ޝިފްޓު ޑިއުޓީ ވަޒީފާތަކުގައި އުޅޭ ފަރާތްތަކުންނެވެ.
މާލެ އާއި ހުޅުމާލެ ދޭތެރޭ ކުރާ ބަސް އަދި ފެރީ ދަތުރުތަކަށް ޑިމާންޑް ބޮޑުވީ ބްރިޖް މަތިން ދަތުރުކުރާއިރު ހެލްމެޓް އެޅުން މަޖުބޫރު ކުރުމާއި ގުޅިގެންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް