ސަންގުޓީވީން އިޖްތިމާއީ މިންގަނޑާއި ޚިލާފް މަންޒަރު ދެެއްކި މައްސަލަ މާދަމާ ބަަލަނީ
ސަންގުޓީވީން ދެއްކި ޑްރާމާއެއްގައި ހިމެނޭ އިޖްތިމާއީ މިންގަނޑާއި ޚިލާފް މަންޒަރު ދެެއްކި މައްސަލައެއް ތަހުގީގުކުރަން ފެށުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގް ކޮމިޝަނުން ނިންމައިފިއެވެ.
ވޮއިސްއަށް މައުލޫމާތު ދެމުން ބްރޯޑްކޮމްގެ އޮފިޝަލަކު ވިދާޅުވީ އެ މައްސަލަ މާދަމާ ބަލަން ފަށާނެކަމަށާއި އެ މައްސަލަ ބެލުން ލަސްވީ، އެ މައްސަލަ ހިނގީ ބުރާސްފަތި ދުވަހުގައި އޮފީސް ބަންދުކުރި ފަހުން ކަމުގައިވާތީކަމަށެވެ.
ރޫހާ ކިޔާ މި ޑްރާމާ ސީރީޒްގައި އެންމެ ފަހުން ދެއްކި އެޕިސޯޑްގައި އަންހެނަކާއި ފިރިހެނަކު ގައިގޯޅިވާ މަންޒަރު ދެއްކިއިރު، އެ މަންޒަރު ވަނީ ސެންސަރ ނުކުރެވިއެވެ.
މިކަމާއި ގުޅިގެން ގިނަބަޔަކު އަންނަނީ ކަންބޮޑުުވުން ފާޅުކޮށް ސަންގު ޓީވީއަށް ފިޔަވަޅު އެޅުމަށް ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް