މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ ދޫކުރަން ފަށައިފި
މިދިޔަ އަހަރުގެ ސާނަވީ އެސްއެސްއީ އަދި އޯލެވެލް އިމްތިހާނުގެ ނަތީޖާތައް ދޫކުރަން ފަށައިފިއެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރ އަދި ނޮވެމްބަރ މަހު ކުރިއަށްގެންދިޔަ މި އިމްތިހާންތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން ގިނަ އަދަދެއްގެ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
މިއަދު އެޑިއުކޭޝަން މިނިސްޓްރީން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ސާނަވީ އިމްތިހާނު މިއަދު ދޫކުރަން ފަށާފައިވާ ކަމަށެވެ.
އެ އިމްތިހާނުގެ ނަތީޖާ އޮންލައިން ކޮށް އަދި އެ ކެނޑިޑޭޓަކު އިމްތިހާނުގައި ބަައިވެރިވި ސެންޓަރެއް މެދުވެރިކޮށްވެސް ލިބެން ހުންނާނެ ކަމަށް މިނިސްޓްރީން މައުލޫމާތުދެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް