ިކިންގް ސަލްމާން މިސްކިތް ޖުލައިމަހު ނިންމާލަނީ
ސައުދީ އަަރަބިއްޔާގެ ސަރުކާރުގެ ބޮޑު އެހީއެއްގެ ދަށުން މާލޭގައި އަޅަމުންދާ ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ޖުލައިމަހަށް ނިންމާލެވޭނެކަމަށް ޕްލޭނިންގް މިނިސްޓްރީން ހާމަކޮށްފިއެވެ.
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް މަޑުޖެހިފައި އޮތުމަށްފަހު މިހާރު އަލުން މިސްކިތުގެ މަސައްކަތް މިހާރު ވަނީ އަލުން ފަށާފައެވެ.
މި މިސްކިތް ނިންމާލުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ޕްލޭނިންގް މިނިސްޓްރީން މައުލޫމާތުދެއެވެ.
ކިންގް ސަލްމާންގެ މިސްކިތުގެ މަސައްކަތް މީގެ ކުރިން ވެސް ދެ ފަހަރެއްގެ މަތިން ހުއްޓުނެވެ. މިހެން ވެގެންދިޔައީ މިސްކިތުގެ މަސައްކަތް ކުރަމުން ގެންދާ ތުރުކީގެ ކުންފުންޏަށް ފައިސާ ލިބުން ލަސްވެގެންނެވެ.
ކިންގް ސަލްމާން މިސްކިތުގެ މަސައްކަތް ކުރަނީ ތުރުކީގެ ޓާމެކްސް ކުންފުނިންނެވެ.
މި މަސައްކަތް 370 މިލިއަން ރުފިޔާއަށް އެކުންފުންޏާ ހަވާލުކުރީ މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ 28 ވަނަ ދުވަހު އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް