ޚަތުރޯންކީ ކިލާޅީ 9: މިފަހަރުގެ ސީޒަން ކާމިޔާބް ކުރީ ޕުނީތު
ޚަތުރޯންކީ ކިލާޅީގެ ނުވަވަނަ ސީޒަން، މަޝްހޫރު ޑާންސާރ ކޮރެއޯގްރަފަރ ޕުނީތު ޖޭ ޕަޓަކް ކާމިޔާބުކޮށްފިއެވެ.
އޭނާ އެ ޝޯ ކާމިޔާބުކޮށްފައިވަނީ ފައިނަލަށް ދިޔަ އަދިތިޔާ ނާރައިން، ރިދިމާ ޕަންޑިތު، ޝަމީތާ ޝެއްޓީ އަދި އަލީ ގޯނީ އާއި ވާދަކޮށްގެންނެވެ. ޝޯގެ ދެވަަނަ ނުވަތަ ފަސްޓް ރަނާ އަޕް އަށް ހޮވިފައިވަނީ އަދިތިޔާ ނާރަޔަންއެވެ. ތިންވަނަ އަށް ދިޔައީ ރިދިމާ ޕަންޑިތުއެވެ.
ޝޯގެ ކާމިޔާބާއި އެކު ޓްރޮފީގެ އިތުރުން ވިހިލައްކަ ރުޕީސްއާއި ސްވިފްޓް ކާރެއް ޕުނީތުއަށް ވަނީ ލިބިފައެވެ. އެ ޝޯގެ ފައިނަލް އެޕިސޯޑްގައި އުދަނގޫ ސުޓަންޓްތަކެއް ފެނިގެންދިޔަ އިރު އެ އެޕިސޯޑް ވެގެން ގޮސްފައިވަނީ ބެލުންތެރިންނަށް ވަރަށް ކަމުދިޔަ އެޕިސޯޑަކަށެވެ.
ޕުނީތުގެ ކާމިޔާބާއި އެކު އޭނާގެ ފޭނުން އަންނަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާ އަށް މަރުހަބާ ކިޔަމުުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް