ފަނޑިޔާރު އާދަމްގެ ވަކީލެއްގެ ގޮތުގައި ޑރ.ޖަމީލް ބަލައެއްނުގަތް
ޖޭއެސްސީން ބަލަމުންދާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދުގެ ސުލޫކީ މައްސަލައިގައި، އެބޭފުޅާގެ ގާނޫނީ ވަކީލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލު އަހުމަދަށް ބައިވެރިނުވެވޭނެކަމަށް މައްސަލަ ބަލާ ކޮމެޓީން ނިންމައިފިއެވެ.
މި ކޮމެޓީގެ ރިޔާސަތުގައި އިންނެވި ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ ވިދާޅުވީ ފަނޑިޔާރު އާދަމްގެ ވަކީލެއްގެ ގޮތުގައި ޑރ.ޖަމީލް ބަލައިނުގަތުމަށް ނިންމީ އެބޭފުޅާއަކީ ސުޕްރީމް ކޯޓުން މިހާރު ބަލަމުންދާ މައްސަލައެއްގެ ހަސްމަކަށް ވާތީއެވެ.
އަދި މައްސަލައެއްގެ ހަސްމަކު ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭކަމަށްވެސް މަސްތޫރު ހުސްނީ ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ޑރ.ޖަމީލް ވިދާޅުވީ ޖޭއެސްސީ ސިޔާސީވެ ނިމިފައިވާ ކަމަށާއި ޤާނޫނުއަސާސީން ދީފައިވާ ވަކީލެއްގެ އެހީ ހޯދުމުގެ ޙައްޤުވެސް ހަނިކޮށްފައިވާކަމަށެވެ.
"ފަނޑިޔާރު އާދަމް މުޙައްމަދުގެ މައްސަލައިގައި މިއުޅެނީ ޚަސްމުންގެ މައްސަލައެއް ނޫން، ވަކީލެއްގެ ޙައްޤު ހަޖަމްނުވުމުގެ މައްސަލައެއް! ޖޭއެސްސީ ލަދުވެތިވާންޖެހޭ"، ޑރ.ޖަމީލް ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް