ސްޕާއެއްގައި ބިދޭސީ އަންހެނަކަށް ކަޓަރުން ހަމަލާދީ ފައިސާ ފޭރިގަތް މައްސަލައެއް ބަލަނީ
ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުރި ސްޕާއެއްގައި މަސައްކަތްކުރާ ބިދޭސީ އަންހެނެއްގެ ގައިގައި ކަޓަރު އަޅައި، ބިރުދައްކައި، ފައިސާ ފޭރިގަތް މައްސަލައެއް ފުލުހުން ތަޙުޤީޤު ކުރަމުންދާ ކަމަށް އެ މުއައްސަސާއިން ބުނެފިއެވެ.
ފުލުހުން މަޢުލޫމާތު ދިން ގޮތުގައި މި ހާދިސާ ހިނގާފައިވަނީ އިއްޔެ ފަތިހުގެ ވަގުތެއްގައެވެ. ނަމަވެސް މި މައްސަލައިގައި މީހަކު ހައްޔަރުކޮށްފައިވާކަން ނުވަތަ ނޫންކަން އަދި އެނގިފައެއް ނުވެއެވެ.
މިފަދަ ކުށްތައް އިތުރުވަމުންދާކަން ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ވައްކަމާއި ފޭރުމުގެ 2620 މައްސަލަ އަދި މާރާމާރީގެ 425 މައްސަލަ ހުށަހެޅިފައިވާކަމަށް ފުލުހުން ބުނެއެވެ.
މާލެ ސަރަޙައްދުގައި މިފަދަ ކުށްތައް އިތުރުވަމުންދާތީ، ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ސަލާމަތީ ބާރުތަކުން މިކަމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭކަމަށް ގިނަ ފަރާތްތަކުން ދަނީ ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް