ނުފޮށޭކަމަށް މާތްﷲ ގަންދީ ހުވާކުރެވިދާނެ: އަބްދުލްޣަނީ
މަގުމަތިން ހިނގާފައިދިޔަ އަންހެންކުއްޖެއްގެ ފަހަތުން ގޮސް، ޖިންސީ ފުރައްސާރަކޮށް ފޮށެހަދާފައި ނުވާނެކަމަށް އެ މައްސަލައިގެ ތުހުމަތުކުރެވޭ އަބްދުލްޣަނީ އިސްމާއިލް ބުނެފިއެވެ.
މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގެ އަޑުއެހުމުގައި އޭނާ ބުނީ އޭނާގެ މައްޗަށް ދައުވާކުރެވިފައިވާ އަމަލުތައް ނުކުރާކަމަށް މާތްﷲ ގަންދީ ހުވާވެސް ކުރެވިދާނެކަމަށެވެ. ނަަމަވެސް މައްސަލަ ބައްލަވަން އިން ގާޒީ ވަނީ މާތްﷲ ގަންދީ ހުވާކުރުމުން މައްސަލަ ބަަލައި ނުނިމޭނެކަމަށެވެ.
މިއަދުގެ އަޑުއެހުމުގައި އޭނާ އިތުރަށް ވަނީ ބަންދުގައި ހުރުމުން ވަކީލަކު އައްޔަންކުރުމަށް ދަތިވާކަމަށް ބުނެ ބަންދުން ދޫކޮށްލުމަށް އެދިފައެވެ.
އަބްދުލްޣަނީގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ މި އަހަރުގެ ޖޫން މަހުގެ 8ވަނަ ދުވަހުގެ ރޭ މަޖީދީ މަގު ބީއެމްއެލްއިން ފެށިގެން ރަށްދެބައި މަގު ކައިރީގައި ހުންނަ އަގޯރާއާ ހަމައަށް އަބްދުލްޣަނީ އަންހެނެއްގެ ފަހަތުން ގޮސް، ކުރިމަތި ފަރާތުގައި އަތްލައި، ހަޑި ހުތުރު ބަހުން ވާހަކަ ދައްކައި ހަޑި ހުތުރު އަމަލުކޮށް، ޖިންސީ މުއާމަލާތެއް ހިންގަން އެދުނު ކަމަށެވެ.
އެ އަންހެންކުއްޖާ އަބްދުލްޣަނީ އާއި ކުރިމަތިލައި، އެ މަންޒަރު ވީޑިޔޯ ކުރުމަށްފަހު ވަނީ ސޯޝަލް މީޑިޔާގައި ޝާއިއުކޮށްފައެވެ.
މިކަންކަން ސާބިތުވެއްޖެނަަމަ އޭނާގެ މައްޗަށް އަންނާނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެކެވެ.
ފޮޓޯ: ސަން
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް