ދިވެހި ފުލުހުން ވަނީ ފެއިލްވެފައި: މެންބަރު އަފީފް
ދިވެހިރާއްޖޭގެ ފުލުހުން ވަނީ ފެއިލްވެފައިކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެންބަރު ހަސަން އަފީފް ވިދާޅުވެއްޖެއެވެ.
އެބޭފުޅާ މިހެން ވިދާޅުވީ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ހުށައެޅުުނު ކުއްލި މައްސަލައިގެ ބަހުސްގެ މަރުހަލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އަފީފް ވިދާޅުވީ ރައްޔިތުންގެ ފުރާނަ އާއި މުދާ ރައްކާތެރި ކުރުމަކީ ދިވެހި ފުލުހުންގެ ޒިންމާއެއްކަމަށާއި އަދި އެއީ ލޯގޯއެއްގައި ނުވަތަ ބޯޑެއްގައި ޖަހައިގެން ފަރުޖައްސާލެވޭނެ ކަމެއް ނޫންކަމަށެވެ.
އެބޭފުޅާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނުތައް ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރުމުން އެ ގާނޫނުތަކަށް އަމަލުކުރަންޖެހޭގޮތަށް އޮތް ނަމަވެސް އެގޮތަށް އަމަލުނުކޮށް ހަމައެކަނި ވަކި ބަޔަކަށް ފެންނަ ގޮތް އެއީ ގާނޫނުތައް ކަމަށް ދެކި ރާއްޖޭގައި ކަންކަން ހިންގަމުންދާކަމަށެވެ.
އަދި މިގޮތަށް ކަންތައްތައް ވަމުންދާއިރު، ފުލުހުންގެ މުއައްސަސާ ހިންގުމާ ހަވާލުވެ ހުންނެވި ވެރިޔާ ހުންނެވީ ނިދާފަައިތޯ ސުވާލުކުރަންޖެހޭ ކަމަށް އެބޭފުޅާ ވިދާޅުވިއެވެ. ހަސަން އަފީފް ވަނީ ދިވެހި ފުލުހުން މިއަދު ތިބީ ފެއިލްވެފައި ކަމަށް ވިދާޅުވެ، ހޯމް މިނިސްޓަރ މަޖިލީހަށް ހާޒިރުކޮށް ސުވާލުކުރެވެން ޖެހޭކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް