ތިލަފުއްޓަށް ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ ޕްލޭން ހެދުމަށް 34 ފަރާތެއް!
މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ މާސްޓަރ ޕްލޭން ހެދުމަށް 34 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފިއެވެ.
ފިނޭންސް މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި މި ބަނދަރުގެ މާސްޓަ ޕްލޭނެއް ހެދުމާއި ޕޯޓުގެ ޑީޓެއިލް ޑިޒައިން އަދި ޓެންޑަ ޑޮކިއުމެންޓްރީ ތައްޔާރު ކޮށްދޭނެ ކޮންސަލްޓެންސީ ފާމެއް ހޯދަން ފުރަތަމަ އިއުލާނުކުރީ މިދިޔަ މަހުގެ 11 ވަނަ ދުވަހު އިއުލާންކުރިއެވެ. އަދި އެއަށްފަހު އެ މުއްދަތު ވަނީ ދެ ފަހަރަށް އިތުރުކޮށްފައެވެ.
އެ މިނިސްޓްރީން ވިދާޅުވީ މިކަމަށް 34 ފަރާތަކުން ޝައުގުވެރިކަން ފާޅުކުރިކަމަށެވެ.
އަދި އެ 34 ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް ބިޑް ހުށަހަޅަން ފުރުސަތު ލިބިގެންދާނެ ކަމަށެވެ. ނަމަވެސް ބިޑް ހުށައަޅަން އިއުލާންކުރާނެ ތާޜީޚް މިނިސްްޓްރީން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް