އައްޑޫ ސިޓީ ހިތަދޫ މައިލޯ ދަނޑުގައި އަލިފާން ރޯވެއްޖެ
އައްޑޫ ސިޓީ ހިތަދޫ މައިލޯ ދަނޑުގައި އަލިފާން ރޯވެއްޖެއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، އަލިފާން ރޯވެފައިވަނީ އައްޑޫ ސިޓީ ހިތަދޫ މައިލޯ ދަނޑުގައި އެއްކޮށްފައިހުރި ޓާރފް ރަބަރު ފުނިތަކެއްގައި ކަމަށެވެ.
އަލިފާން ރޯވި ދަނޑަށް ލިބުނު ގެއްލުމުގެ ތަފްސީލު އެމްއެންޑީއެފްއިން އަދި ހާމަކޮށްފައެއް ނުވެއެވެ.
މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފް އަށް ލިބިފައިވަނީ މެންދުރު 13:30 ގައި ކަމަށާއި، ޓާފް ރަބަރު ފުނިތަކުގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފް ސަދަން އޭރިއާގެ ސިފައިން މިއަދު މެންދުރު 13:55 ހާއިރު ނިއްވާލާފައިވާކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުން ލިބިފައި ނުވާކަމަށް އެމްއެންޑީއެފް ވިދާޅުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް