ފުލެޓް ފޯމްތައް ހުންނާނީ ތަރުތީބުކޮށް ފޮށިތަކަށް ލާފަ: މުއިއްޒު
ސަރުކާރު ނިމުނު އިރު ފުލެޓަށް އެދި ހުށަހެޅި ފޯމްތައް ހުންނާނީ ތަރުތީބުކޮށް ފޮށިތަކަށް އަޅާފަ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހިޔާ މަޝްރޫއަށް އެދި ހުށަހެޅި ފޯމްތައް ހުރީ ތަރުތީބެއް ނެތި އުކާލާފައިކަމަށް ފުލެޓްތަކުގެ މައްސަލަ ބެލުމަށް އެކުލަވާލާފައިވާ ކޮމިޓީއިން ބުނެފައި ވުމާއި ގުޅިގެން އެއަށް ރައްދުދެއްވާ ޔާމީންގެ ސަރުކާރުގައި ހައުސިން މިނިސްޓަރަކަށް ހުންނެވި ޑރ މުހައްމަދު މުއިއްޒު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފުލެޓް ފޯމްތައް ހުރީ މިނިސްޓްރީގެ ތެރެއަށް އުކާލާފައޭ ބުނުމަކީ އެ ފޯމްތަކުގެ ސައްޚަ ކަމާއި މެދު ސުވާލު އުފެދޭ، އަދި ކަންބޮޑު ވާ ވަރުގެ ކަމެއް ކަމަށެވެ. އަދި ފުލެޓަށް އެދި ހުށަހެޅި ފޯމްތައް ސަރުކާރުނ ނިމުނު އިރު ހުންނާނީ ތަރުތީބު ކުރުމަށްފަހު ފޮށިތަކަށް އަޅާފައި ކަމަށްވެސް މުއިއްޒު ވިދާޅުވެފައިވެއެވެ.
ފުލެޓްތައް ދީފައިވަނީ އެއްވެސް އުސޫލެއް ނެތި ކަމަށް ކޮމެޓީން ބުނެފައިވާތީ އެއަށް ރައްދުދެއްވާ މުއިއްޒު ވިދާޅުފައިވަނީ ފުލެޓް ލިބޭނެ ކަމަށް ކަނޑައަޅާ ގެޒެޓްކޮށްފައިވާ ފަރާތްތަކަކީ ޕޮއިންޓް ދިނުމުގެ އުސޫލާއި ޚިލާފަށް އެ ލިސްޓްގައި ހިމަނާފައިވާ ބައެއް ނޫންކަމަށެވެ.
ވޭތުވެ ސަރުކާރުން ހިޔާ މަޝްރޫއުގެ ނަމުގައި ވަނީ ބޯހިޔާވަހިކަމުގެ ވަރުގަދަ ޕްރޮޖެކްޓެއް ފަށާ ފުލެޓްތައް ލިބޭ ފަރާތްތަށްވެސް ވަނީ އިއުލާން ކޮށްފައެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ ފުލެޓްތައް ރައްޔިތުންނާއި ހަވާލުކުރާނީ ބަލަންޖެހޭ މިންވަރަށް ބަލާ ދިރާސާކުރުމަށްފަހުގައި ކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް