ގިނަ އަދަދެއްގެ ފުލުހުން ނުކުމެ މުޒާހަރާ ރޫޅާލައިފި
ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް، މިނިވަންކުރުމަށް ގޮވައިލައި، އިދިކޮޅު ފަރާތްތަކުން މިރޭ ބޭއްވި އެއްވުން، ގިނަ އަދަދެއްގެ ފުލުހުން ނުކުމެ ރޫޅައިލައިފިއެވެ.
މިރޭގެ އެއްވުން ރޫޅައިލި އިރު މުޒާހަރާކުރި ސަރަހައްދުގައި ގިނަ އަދަދެއްގެ ފުލުހުން ހަރަކާތްތެރިވެފައި ވެއެވެ.
މިރޭގެ އެއްވުމުގެ ތެރެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވެއެވެ.
ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ޝަކީލު ''ވޮއިސް'' އަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މިރޭގެ އެއްވުމުގެ ތެރެއިން ހައްޔަރުކޮށްފައިވަނީ، ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމާއި ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު އިސްމާއީލާއި އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދާއި ޕީޕީއެމްގެ ކައުންސިލް މެންބަރު އިބްރާހީމް ފައިސަލްއާއި ކައުންސިލު މެންބަރު މުހައްމަދު ލަތީފެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް