އިސްލާމިކް މިނިސްޓްރީއަށް މިއަހަރުވެސް ކޮރަޕްޝަންގެ ތުހުމަތުތަކާއެކު ކޯޓަށް!
މިއަހަރު ރާއްޖެއިން ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދިން ގޮތާއި ގުޅިގެން އިސްލާމިކް މިނިސްޓްރީއާއިި ދެކޮޅަށް ސިސިލްފަރު ހައްޖު އެންޑް އުމްރާ ގްރޫޕުން މައްސަލައެއް ހުށައަޅައިފިއެވެ.
އެ ގްރޫޕުން ހުށައެޅި މައްސަލައިގައި ތުހުމަތުކުރަނީ ހައްޖަށް ގެންދާ ގްރޫޕްތަކަށް ހުއްދަ ދީފައިވަނީ އުސޫލާއި ޚިލާފަށް ކަމަށެވެ.
އެ މައްސަލައިގައިވާ ގޮތުގައި ދައުވާގައިވާ ގޮތުން ބީލަންތައް އިވެލުއޭޓްކޮށްފައިވަނީ އިވެލުއޭޓް ކޮމިޓީގެ މެންބަރުންގެ "އަތްކުރި" ދަށުން ނެރިފައިވާ ސިއްރު ކްރައިޓީރިޔާއެއްގެ ދަށުންކަން ސާބިތުވާކަމަށެވެ. އެގޮތުން "ހައްޖު ޕްރޮޕޯސަލް އިވެލުއޭޓްކުރި ކޮމެޓީގެ ރިޕޯޓް 2019" ގައި ހުރި މައުލޫމާތާއި، "1440 ވަނަ އަހަރު ދިވެހިރާއްޖެއިން ހައްޖަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދެވޭ މައުލާމާތު" ގައި ހުރި މައުލޫމާތާ ދިމާނުވާކަމަށް ވަނީ ބުނެފައެވެ.
ހައްޖަށް ގެންދިއުމުގެ ހުއްދަ ދީފައިވަނީ މޯލްޑިވްސް ހައްޖު ކޯޕަރޭޝަން، ތަޒްކިއާ ޕްރައިވެޓް ލިމިޓެޑް، ޒައީމާ ގްރޫޕް ޕްރައިވެޓް ލިމިޓެޑް، މިނާ ހައްޖު އުމްރާ ޕްރައިވެޓް ލިމިޓެޑް، އެކްރޯ ޕްރައިވެޓް ލިމިޓެޑް އަދި އަލް ހަރަމައިން ހައްޖު އެންޑް އުމްރާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑެވެ.
މި ފަސް ކުންފުންޏަށް ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައި ވަނީ ޕްރޮޕޯސަލް ހުށައެޅި ކުންފުނިތަކުގެ ޕްރޮޕޯސަލްތައް ފަސް މެންބަރުންގެ ކޮމިޓީއަކުން ދިރާސާކުރުމަށްފަހު ކަމަށް އިސްލާމިކް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މިއަހަރު ރާއްޖެއަށް ލިބިފައިވާ 1000 ހައްޖު ކޯޓާގެ ތެރެއިން ކޮންމެ ކުންފުންޏަކަށް ވެސް 90 ކޯޓާ ވަނީ ދީފައެވެ. އަދި ހައްޖު ކޯޕަރޭޝަނަށް 550 ކޯޓާ ވަނީ ދީފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް