ދެ ލޯންޗު ޖެހި އެކްސިޑެންޓުވެ 13 މީހަކަށް އަނިޔާވެއްޖެ
ވިލިމާލޭ ކައިރީ ދެ ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި، 13 މީހަކަށް އަނިޔާވެއްޖެއެވެ.
މި އެކްސިޑޭންޓާއި ގުޅިގެން ފުލުހުން މީޑިއާތަކާއި ފުރަތަމަ ހިއްސާކުރި މެސެޖުގައިވާ ގޮތުން ވިލިމާލެ ވޯޓާ ސްޕޯޓްސްއާ ދިމާލު ކަނޑުމަތީގައި މިރޭ 19.48 އެހާއިރު، ހިނގި އެ ހާދިސާއާ ގުޅިގެން ދެ މީހަކު ވިލިމާލެ ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ.
ނަމަވެސް ފުލުހުން ފަހުން ހިއްސާކުރި އިތުރު މައުލޫމާތުގައިވާ ގޮތުން އެ ހާދިސާގައި އަނިޔާވި 13 މީހަކު ވިލިނގިލީ ހޮސްޕިޓަލަށް ގެންގޮސްފައިވާ ކަމަށާއި، އަދި އޭގެ ތެރޭގައި ތިލަމާލެ ބުރިޖު މަޝްރޫއު ހަވާލުކޮށްފައިވާ އެފްކޮންސް ކުންފުނީގެ 10 މީހަކާއި، އަނަންތާރަ ރިސޯޓުގެ ލޯންޗުގައި ތިބި ތިން މީހަކު ހިމެނެއެވެ.
އޭގެ އިތުރުން އަނިޔާވި މީހުންގެ ތެރެއިން ހަ މީހަކު އިތުރު ފަރުވާއަށް އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި މި އެކްސިޑެންޓް ހިނގި ސަރަހައްދުގައި ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް