ދިވެހިބަހުގެ ދެމިއޮތުމާއި ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރީން: ރައީސް މުޢިއްޒު
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ދިވެހިބަހުގެ ދެމިއޮތުމާއި ކުރިއެރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ލިޔުންތެރީން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިހެން ވިދާޅުވީ މިއަދު ފާހަގަ ކުރަމުންދާ ދިވެހި ލިޔުންތެރީންގެ ދުވަހުގެ ތަހުނުޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސްގެ ޕޯސްޓުގައި ދިވެހިބަހުގެ ތަރައްޤީއާއި ކުރިއެރުމަށް ލިޔުންތެރީންގެ ދައުރު ވަރަށް މުހިންމުކަމަށް ފާހަގަކޮށްފައިވެއެވެ. އަދި ލިޔުންތެރީންނަކީ ދިވެހިބަސް ދިރުވައި އާލާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތްތައްކަމަށްވެސް ބުނެފައިވެއެވެ.
ދިވެހި ލިޔުންތެރީންގެ ދުވަހަކީ ކޮންމެ އަހަރެއްގެވެސް ޖުލައި މަހުގެ 8 ވަނަ ދުވަހެވެ. މި ދުވަހަކީ ދިވެހި ލިޔުންތެރިކަމުގެ ދާއިރާއަށް ޚިދުމަތްކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކޮށް، އެ ފަރާތްތަކުގެ މަސައްކަތް ފާހަގަކުރުމަށް ޚާއްސަކުރެވިފައިވާ ދުވަހެކެވެ. މި ދުވަހާ ގުޅިގެން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަފާތު ހަރަކާތްތައް ބޭއްވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް