އީސީގެ މެންބަރކަމަށް ހަބީބް ހޮވިވަޑައިގެންފި
އިލެކްޝަންސް ކޮމިޝަންގެ މެންބަރކަމަށް މިހާރުވެސް އެ މަގާމުގައި ހުންނެވި އިސްމާއިލް ހަބީބް، ރައްޔިތުންގެ މަޖިލީހުން އައްޔަންކޮށްފިއެވެ.
ހަބީބް މި މަގާމަށް އައްޔަންކޮށްފައިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ނެގުނު ވޯޓަކުންނެވެ. ހަބީބަށް ލިިބިވަޑައިގެންނެވީ 58 ވޯޓެވެ.
ހަބީބަށް މި މަގާމު ޔަގީންވީ އެންމެ މަތިން މާކްސް ލިބިގެން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމެޓީން ނަން ފާސްކުރުމާއި ގުޅިގެންނެވެ.
ހަބީބަށް 90.28 މާކްސް ލިބިފައިވާއިރު، ދެން އެންމެ މަތިން މާކްސް ލިބިފައިވަނީ އަހުމަދު މޫސާ ހ. އަމްސާވިލާ، މާލެ އަށެެވެ. އޭނާއަށް 75.57 މާކްސް ލިބިފައި ވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް