ބީއެމްއެލް ގޭޓްވޭ ފީ ނެގުން ހުއްޓާލައިފި
ބީއެމްއެލްއިން ޕޭމަންޓް ގޭޓްވޭގެ ޚިދުމަތަށް މިހާތަނަށް ނަގަމުންދިޔަ މެއިންޓެނަންސް ފީ އާއި ސެޓްއަޕް ފީ މި މިހުގެ 1 ވަނަ ދުވަހުން ފެށިގެން ނުނަގާ ގޮތަށްް ހަމަޖަައްސައިފިއެވެ.
މިއީ އީ-ކޮމާސް ގެ ރޮނގުން ކުރިއަށްދާ ކުދި ވިޔަފާރިތަކަށް ލުޔެއް ދިނުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށް ބީއެމްއެލްއިން ބުނެއެވެ.
މި ބަދަލާއި ގުޅިގެން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ޑައިރެކްޓާ އޮފް އޮޕަރޭޝަންސް މުހައްމަދު ޝަރީފް ވިދާޅުވީ ރާއްޖޭގައި އީ -ކޮމާރސްގެ ހިދުމަތް ހަލުވިކަމާ އެކު ކުރިއަރަމުންދާކަމަށެވެ. އެގޮތުން މިހާރުވެސް ޕޭމަންޓް ގޭޓްވޭގެ ޚިދުމަތް ހޯދާ 112 ވިޔަފާރިވެރިން ތިބިއިރު މި ގޭޓްވޭ މެދުވެރިކޮށް މިދިޔަ އަހަރު 1.5 މިލިއަން ޓްރާންސެކްޝަންސް ހަދާފައިވާކަން ޝަރީފް ފާހަގަކުރެއްވިއެވެ.
މި ގެނެވުނު ބަދަލާއެކު އީ-ކޮމާސްގެ ވިޔަފާރި އިތުރަށް ފުޅާވުމަށް މަގުފަހިވާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށާއި ވިޔަފާރިތަކާ ބޭންކާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ވާނެ ކަމަށް ބީއެމްއެލްއިން ބުނެއެެވެ.
ޕޭމަންޓް ގޭޓްވޭގެ އިތުރުން ވެސް ފުޅާދާއިރާއެއްގައި ޑިޖިޓަލް ބޭންކިންގެ ޚިދުމަތް ބީީއެމްއެލްއިން އަންނަނީ ފޯރުކޮށްދެމުންނެވެ. މީގެ ތެރޭގައި އިންޓަރނެޓް، މޮބައިލް ބޭންކިން އަދި ޑިޖިޓަލް ވޮލެޓްގެ ހިދުމަތް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް