އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލާއަށް އަޝްފާން ހަމަޖައްސައިފި
މޯލްޑިވްސް އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލރ ގެ މަގާމަށް އަހްމަދު އަޝްފާން ހަމަޖައްސައިފިއެވެ.
ޑެޕިއުޓީ ކޮންޓްރޯލާއަކަށް އަޝްފާން ހަމަޖައްސާފައިވާކަން އިމިގްރޭޝަނުން ހާމަކޮށްފައިވަނީ އެ މުއައްސަސާއިން އެކްސްގައި ކުރި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި އިމިގްރޭޝަނުން ވަނީ އަޝްފާނަށް މަރުހަބާ ކިޔާފައެވެ.
މި މަގާމަށް އަޝްފާން ހަމަޖެއްސުމާއި ގުޅިގެން އިމިގްރޭޝަންގެ ކޮންޓްރޯލަރ ޝައްމާން ވަހީދު މަރުހަބާ ދެންނެވުމަށް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އަޝްފާން މި މަގާމުގައި ހުންނަވައިގެން އިމިގްރޭޝަން އިތުރު ހަރުފަތަކަށް ގެންގޮސްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އިމިގްރޭޝަންގެ ޑެޕިއުޓީ ކޮންޓްރޯލރ ގެ މަގާމަށް ހަމަޖައްސައިފައިވާ އަޝްފާން އަކީ އެ މުއައްސަސާގައި 18 އަހަރު މަސައްކަތްކޮށްފައިވާ ފަރާތެކެވެ. މީގެ ކުރިން ގައުމީ ޓީމަށް ކުޅެފައިވާ އަޝްފާން އަކީ ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގް (ދަގަނޑޭ)ގެ ބޭބެ ކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް