ގާންދީ އަވަހާރަވި ދުވަސް ފާހަގަކުރުމަށް އެބޭފުޅާއަށް އަމާޒުކޮށް ބަޑި ޖަހައިފި
މޮހަންދާސް ކަރަމްޗަންދު ގާންދީ ނުވަތަ އާއްމުން ދަންނަ ނަމުންނަމަ، މަހާތުމާ ގާންދީ އަވަހާރަވިތާ 71 އަހަރު ފުރޭ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން އިންޑިއާގެ ސިޔާސީ ޕާޓީއެއް ކަމަށްވާ އަކިލް ބާރަތު ހިންދޫ މަހާސަބާ ޕާޓީން މަހާތުމާ ގާންދީގެ "ހަށިކޮޅަށް" ބަޑި ޖަހައިފިއެވެ.
މިކަން ކޮށްފައިވަނީ 1948 ވަނަ އަހަރުގައި އަވަހާރަކޮށްލި މަހާތުމާ ގާންދީގެ މޮޑެލްއެއް ހެދުމަށްފަހުއެވެ. އެ މޮޑެލް ފަރުމާ ކޮށްފައިވަނީ ވަޒަން އެރުމުން ލޭވެސް އަންނަ ގޮތަށެވެ.
ހިންދޫ މަހާސަބާ ޕާޓީއިން ގާންދީ އަވަހާރަވި ދުވަސް ފާހަގަ ކުރަމުން އަންނަނީ "ޝަހީދުންގެ ދުވަހު"ގެ ގޮތުގައެެވެ. ސަބަބަކީ ގާންދީ އަވަހާރަކޮށްލީ އެ ޕާޓީއާ ގުޅުން އޮތް މީހަކަށްވުމެވެ. އެގޮތުން ގާންދީގެ އުމުރުފުޅުން 78 އަހަރުގައި އެބޭފުޅާ އަވަހާރަކޮށްލީ މަހާސަބާ ޕާޓީއަށް ނިސްބަތްވާ ނަތުރަމް ގޯޑްސޭ ކަަމަށް ހަބަރުތައް ބުނެއެވެ.
މަހާސަބާ ޕާޓީން ގާންދީއަށް އަމާޒުކޮށް ވަޒަން ޖެހީ އެކަމަށް ހާއްސަކޮށްގެން އިންޑިއާގެ އުއްތަރު ޕްރަދޭޝްގައި ބޭއްވި ކުޑަ ރަސްމިއްޔާތެއްގެ ތެެރެއިންނެވެ. އެ ރަސްމިއްޔާތުގައި އެޕާޓީގެ ގައުމީ ސެކްރެޓަރީ، ޕޫޖާ ޝަކުން ޕާންޑޭ ވަނީ ގާންދީގެ ހަށިކޮޅަށް ބަޑި ޖަހާފައެވެ. އެއާއެކު ގގާންދީގެ "ހަށިކޮޅުން ލޭ"ވެސް އޮހޮރިގެން ދިޔައެވެ. އެއަށްފަހު ޕޫޖާ ވަނީ އެރަސްމިއްޔާތުގައި ބައިވެރިވި މެމްބަރުންނަށް ފޮނި ކާތަކެތިވެސް ބަހާފައެވެ.
މިދިޔަ ބުދަ ދުވަހު އިންޑިއާގައި ވަނީ ގާންދީ އަވަހާރަވިތާ 71 އަހަރު ފުރުން ފާހަަގަކޮށްފައެވެ. އެބޭފުޅާ އަކީ ބަތަލެއް ކަމަށް އިންޑިއާގެ ގިނަ ރައްޔިތުން ދެކެެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް