ހޮސްޕިޓަލަށް ގެނައި ޒުވާނަކު ނިޔާވެފައި، މައްސަލަ ބަލަނީ
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ގެނައި ޒުވާނަކު ނިޔާވެފައިވާ މައްސަލައެއް ބަލަން ފަށައިފި އެވެ.
ފުލުހުން ދެންމެ ބުނީ މިއަދު ހެނދުނު 6:00 އެހާކަންހާއިރު އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ޒުވާނަކު ގެނައި ކަމަށެވެ.
އެ ޒުވާނާ ވަނީ ނިޔާވެފަ އެވެ.
އެ މައްސަލަ ހެނދުނު 8:28 ހާއިރު ފުލުހަަށް ރިޕޯޓް ކޮށްފައިވާ ކަމަށާ މައްސަލައިގެ ތަހުގީގު ފަށާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނިޔާވެފައިވަނީ ވެމްކޯގެ މުވައްޒިފެކެވެ. އެއީ އިބްރާހިމް އަމީން ހަސަން ދީދީ އެވެ. އެ ކުންފުނިން ވަނީ އެ ޒުވާނާ ނިޔާވުމުން ހިތާމަފާޅުކޮށް އާއިލާއަަށް ތައުޒިޔާ ކިޔާފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް