ނައިފަރު ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
ޅ.ނައިފަރު ވެމްކޯ ސައިޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.
އެމްްއެންޑީއެފް އިން ބުނިގޮތުގައި، މި ހާދިސާ ހިނގި ކަމުގެ ރިޕޯޓް އެ އިދާރާއަށް ލިބިފައިވަނީ ރޭ 20:07 ހާއިރުއެވެ.
އަދި އެމްއެންޑީއެފް ނޮދަން އޭރިއާ ކޮމާންޑް، ނައިފަރު ފަޔަރ ސްޓޭޝަނުން ރޭގެ ވަގުތެއްގައި އަލީފާން ނިއްވާލާފައި ވާއިރު މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
ވެމްކޯ ނައިފަރު ސައިޓްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައި ވާއިރު، މި މަހު 6 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި މާލޭގައި ވެމްކޯގެ އުޅަނދެއްގައިވެސް އަލިފާނުގެ ހާދިސާއެއް ހިނގާފައިވެއެވެ.
އެކަމާއި ގުޅިގެން ވެމްކޯއިން ވަނީ އުކާލުމަށް ހަވާލުކުރާ ކުނި އޭގެ އެންމެ ފުރިހަމަ ގޮތުގައި ވަކިކުރުމަށް ފަހު ހަވާލުކުރުމަށް އެދިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް