ފެން ހިންދާ ނިޒާމުގެ މަސައްކަތަށް ބޭނުންވާ ސާމާނު ގެމަނަފުއްޓަށް ގެނެސްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ގެމަނަފުށީ ފެންހިންދާ ނިޒާމުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިއަދު އެރަށަށް ގެންގޮސްފައިވާކަމަށް އެމްޑަބްލިއުއެސްސީން ބުނެފިއެވެ.
އެރަށު ފެންހިންދާ ނިޒާމުގެ މަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ ޤައުމީ ފެންކުންފުނި އެމްޑަބްލިއުއެސްސީއާ އެވެ. ޖުމްލަ 17,675,432.34 (ސަތާރަ މިލިއަން، ހަ ސަތޭކަ ހަތްދިހަ ފަސް ހާސް، ހަތަރު ސަތޭކަ ތިރީސް ދެ ރުފިޔާ، ތިރީސް ހަތަރު ލާރި) ރުފިޔާއަށް ހަވާލުކުރި މި މަޝްރޫއު ނިންމުމަށް ދީފައިވަނީ 180 ދުވަހުގެ މުއްދަތެކެވެ.
މި މަޝްރޫޢުގެ ދަށުން ކުރަން ހަމަޖެހިފައިވާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ރަށުގައި ކުރިން މަސައްކަތް ފަށާފައިވާ ނަރުދަމާ ނިޒާމުގެ ބާކީ ހުރި މަސައްކަތްތައް ނިންމައި، ނިޒާމު ޓެސްޓްކޮށް ކަމިޝަން ކުރުން ހިމެނެއެވެ. މީގެ އިތުރުން ނަރުދަމާގެ ޕަންޕްސްޓޭޝަން ބެހެއްޓުމާއި، ރަށުގައި މީހުން އާބާދުވެފައިވާ ހުރިހާ ސަރަހައްދެއްގައި ނަރުދަމާ ހޮޅި އެޅުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް