ރައީސްގެ ސަލާމަތާއި ބެހޭ އިސްވެރިޔަކަށް ކާނަލް ޒުހުރީ
ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ބެހޭ ޑިވިޝަން ނުވަތަ ޕްރެޒިޑެންޝަލް ސެކިއުރިޓީ ޑިވިޝަންގެ އިސްވެރިޔާގެ މަގާމަށް ކާނަލް އަބްދުﷲ ޒުހުރީ އައްޔަންކޮށްފިއެވެ.
ކާނަލް ޒުހުރީ އެމަގާމަށް އައްޔަންކުރިކަން އެމްއެންޑީއެފްއިން ވަނީ ޔަގީންކޮށްދީފައެވެ. ޒުހުރީ މިހާތަނަށް ހުންނެވީ ފަޔަރ އެންޑް ރެސްކިޔުގެ ކޮމާންޑަރގެ މަގާމުގައެވެ.
ކާނަލް ޒުހުރީ ޕީއެސްޑީގެ އިސްވެރިޔާއަށް އައްޔަންކޮށްފައިވާއިރު، ކުރިން އެމަގާމުގައި ހުރި ކާނަލް އިބްރާހިމް ރަޝީދު ވަނީ ސަދަން އޭރިއާގެ ކޮމާންޑަރަކަށް ބަދަލުކޮށްފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތާއި ގުޅޭ ޚާއްސަ ޑިވިޝަނެއް އުފައްދާފައިވަނީ ފިނިފެންމާ ލޯންޗްގެ ހާދިސާއަށްފަހުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް