މާލޭގެ ބައެއް ސަރަހައްދުތަކަށް އުދަ އަރައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
މާލޭގެ ބައެއް ސަރަހައްދުތަކަށް މިއަދު މެންދުރުފަހު އުދަ އަރައިފިއެވެ.
އުދަ އެރުމާ ގުޅިގެން ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައެވެ. އުދަ އަރައި ބައެއް މަގުތަކުގައި ފެންބޮޑުވުމާ ގުޅިގެން އެމްއެންޑީއެފުން ވަނީ ފެން ހިންދުމުގެ މަސައްކަތް ކުރިއަށްގެންގޮސްފައެވެ. މިކަން އެމްއެންޑީއެފުންވެސް ވަނީ ބުނެފައެވެ.
އުދަ އެރުމުގެ ސަބަބުން އިންޑަރސްޓްރިއަލް ސަރަހައްދާއި ކާނިވާ ސަރަހައްދުގައި ފެންގަނޑު ބޮޑުވިއެވެ.

މީގެ ތެރެއިން އިންޑަރސްޓްރިއަލް ސަރަހައްދުގައި ފެންގަނޑު ބޮޑުވެފައިވާއިރު، ކާރު އަދި ބައެއް ސައިކަލްތަކަށްވަނީ އުދައިގެ އަސަރުކޮށްފައެވެ. ހުޅަނގު މޫސުމުގެ ދުވަސްވަރު ދިޔަވަރު ބޮޑުވާ ގަޑިތަކުގައި އުދައިގެ އަސަރުކުރުމަކީ އާއްމު ކަމެއްކަން ފާހަގަކޮށްލެވެއެވެ.
މާލެއަށް އާއްމުކޮށް އުދައަރަނީ ކާނިވާ ސަރަހައްދާއި، އިންޑަރސްޓްރިއަލް ޒޯނުގެ އިތުރުން އާޓިފިޝަލް ބީޗް އަދި ރާޅުގަނޑު ސަރަހައްދަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް