ޓެގް އެޅުވުމަށްފަހު އަދީބު ގޭބަންދަށް!
ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ގޭބަންދަށް ބަދަލުކޮށްފިއެވެ.
އަދީބު ގޭބަންދަށް ބަދަލުކޮށްފައިވަނީ މިދިޔަ ހަފްތާގައި އައިޖީއެމްއެޗްގައި އެޑްމިޓްކުރުމަށްފަހުގައެވެ. އަދީބު ގޭބަންދަށް ބަދަލުކުރިކަން ކަރެކްޝަންސްއިން ވެސް ވަނީ ޔަގީންކޮށްދީފައެވެ.
އެނގިފައިވާ ގޮތުގައި އަދީބު ގެއަށް ބަދަލުކޮށްފައިވަނީ ފައިގައި ޓެގެއް އެޅުވުމަށް ފަހުގައެވެ.
މި ޓެގްގެ ސަބަބުން އަދީބު ވަޑައިގަންނަވާ ތަންތަން ކަމާއިބެހޭ ފަރާތްތަކަށް އެނގިވަޑައިގަންނަވާނެއެވެ.
އަދީބު މިވަގުތު ބަންދުގައި ހުންނެވީ ޅ.މާބިންހުރާގެ އިސްތިއުނާފު މައްސަލައެއް ސުޕްރީމް ކޯޓުގައި ކުރިއަށްދާތީއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް