ދިރާގުގެ ހިއްސާއަކަށް އެގާރަ ރުފިޔާ ނުވަދިހައެއް ލާރި ދޭން ނިންމައިފި
ދިވެހިރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިކަމުގައިވާ ދިރާގުގެ މިދިޔަ އަހަރުގެ ޖުމްލަ ފައިދާއިން ހިއްސާއަކަށް 11.91 ރުފިޔާ ދިނުމަށް ނިންމައިފިއެވެ.
ދިރާގުން މައުލޫމާތު ދޭގޮތުގައި އެކުންފުނީގެ ބޯޑް އޮފް ޑިރެކްޓަރުންގެ ފަރާތުން މިދިޔަ އަހަރުގެ ޖުމްލަ ހިއްސާ ފައިދާގެ ގޮތުގައި 905،160،000ރުފިޔާ ނުވަތަ ހިއްސާއަކަށް 11.91 ރުފިޔާ ބެހުމަށް އަހަރީ އާންމު ޖަލްސާއަށް ހުށައެޅުމަށް ނިންމާފައެވެ.
މިއީ ކުންފުނީގެ ސާފު ފައިދާގެ 100 އިންސައްތަކަން ފާހަަގަކޮށްލެވެއެވެ. 2018ވަަނަ އަހަރުގެ ޖުމްލަ ހިއްސާގެ ފައިދާ ބެހިފައިވަނީ ދެގޮތަކަށެވެ.
އެއީ ހިއްސާއަކަށް 5.96 ރުފިޔާގެ އުސޫލުން ބެހުނު އިންޓަރިމް ޑިވިޑެންޓް އަދި 5.95 ރުފިޔާގެ އުސޫލުން ބެހުމަށް އަހަަރީ އާންމު ޖަލްސާއަށް ހުށައަޅާ ފައިނަލް ޑިވިޑެންޓްއެވެ.
މި ހިއްސާތައް ބެހުމަށް ހަމަޖެހިފައިވަނީ އަހަރީ އާންމު ޖަލްސާގައި އިއުލާންކުރާ ތާރީޚުގައި ކުންފުނީގެ ރަޖިސްޓަރގައިވާ ހިއްސާދާރުންގެ މެދުގައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް