ދެ ރަށެއްގެ ކުޑަކުދިންގެ ޕާކްތައް ތަރައްޤީކުރަން އާރުޑީސީއާ ހަވާލުކޮށްފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ކުޑަކުދިންގެ ޕާކްނެތް ރަށްރަށުގެ ތެރެއިން 2 ރަށެއްގައި ޕާކްތައް ތަރައްޤީކުރުމުގެ މަސައްކަތް ސަރުކާރުން އާރުޑީސީއާ ހަވާލުކޮށްފިއެވެ.
މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސް އިން ވަނީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ އެކަމަށްޓަކައި ސިޓީތަކާ ބެހޭ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.
ކުޑަކުދިންގެ ޕާކްތައް ތަރައްޤީކުރުމަށް އާރުޑީސީއާ ހަވާލުކުރި ދެ ރަށަކީ، ނ. ކެނދިކުޅުދޫ އާއި، ނ. ވެލިދޫއެވެ. އެއްބަސްވުމުގައި ބުނެފައިވާގޮތުން ކުރިއަށްއޮތް 6 މަސްދުވަހުގެ ތެރޭގައި ޕާކް ތަރައްޤީކުރުމުގެ މަސައްކަތްތައް ނިންމަން ޖެހެވެެ.
އާރުޑިސީން ވަނީ މީގެ ކުރިންވެސް މާލޭގެ އިތުރުން ބައެއް ރަށްރަށުގެވެސް ޕާކްތައް ތަރައްޤީކޮށްފައެވެ. މިގޮތުން ހުޅުމާލެ ފޭސް ދޭއް ހިޔާ ސަރަހައްދުގައި ހެދި ކުޑަކުދިންގެ ޕާކްވެސް ތަރައްޤީކުރީ އާރުޑީސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް