ދިވެހިންނަށް ލަންކާ ވަރަށް ރަނގަޅަށް އެނގި ދަސްވެއްޖެ: ރައީސް ނަޝީދު
ދިވެހިންނަށް ސްރީލަންކާ ވަރަށް ރަނގަޅަށް އެނގި ދަސްވެފައިވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ސްރީލަންކާގެ 71 ވަނަ މިނިވަން ދުވަސް ފާހަގަ ކުރުމަށް އެގައުމުގެ އެމްބަސީން ރޭ ޗަމްޕާ ސެންޓްރަލް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ނަޝީދު ވިދާޅުވީ ސްރީލަންކާ އާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ދެ ގައުމަށްވެސް ބޭނުން ކުރެވޭ ގޮތެއް ހޯދަން ޖެހިފައިވާކަމަށެވެ. އޭގެ ސަބަބުން ދެ ގައުމުގެ މަސްވެރިންނަށް ވެސް ރަނގަޅު މާކެޓެއް ލިބިގެންދާނެކަމަށް ރައީސް ނަޝީދު ފާހަަގަކުރެއްވިއެވެ.
އެގޮތުން ލަންކާގެ މަސްވެރިން ބާނާ މަސް ރާއްޖޭގައި ވިއްކޭނެ އިންތިޒާމް ހަމަޖެހި، ދިވެހިން ބާނާ މަސް ވެއްލަވައްތަ ނޫނީ ކޮލަމްބޯގެ އެހެން ހިސާބުތަކުގައިވެސް ވިއްކޭނެ އިންތިޒާމު ހަަމަޖެހިގެންދާނެކަމަށް އެމަނިކުފާނު އުންމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
ރޭގެ ހަފްލާގައި ރައީސް ނަޝީދު ވަނީ ދެގައުމުގެ ދޭތެރޭގައި ގިނަ ހުރަސްތަކެއް ހުރިކަން ފާހަގަކުރައްވައި، ދެގައުމުން އެކުވެ އެ ހުރަސްތައް ނައްތާލުމަށް މަސައްކަަތްކުރަންޖެހޭނެކަމަށް ވިދާޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް