ޝައުނާގެ ކަށުނަމާދު މިއަދު މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި
ރޭ މާލޭގައި ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ނިޔާވި ތ. ބުރުނީ ފެންފިޔާޒުގޭ އުމުރުން 46 އަހަރުގެ ޝައުނާގެ ޖަނާޒާ މާދަމާގެ މެންދުރު ނަމާދަށްފަހު އިސްލާމީ މަރުކަޒުގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
އަލިފާނުގެ ހާދިސިގައި ނިޔާވި ޝައުނާގެ ހަށިގަނޑު އާސަހަރާއަށް ގެންގޮސްފައިވަނީ މިރޭ މެންދަމުގެ ވަގުތެއްގައެވެ.
ޝައުނާގެ ހަށިގަނޑު އާސަހަރާއަށް ގެންދިއުމާއިއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙާއި، ކެބިނެޓްގެ ވަޒީރުންވަނީ އާސަހަރާއަށް ވަޑައިގެން އާއިލާއާއި ވަނީ ބައްދަލުކުރައްވައި ހަމްދަރުދީ ފާޅުކުރައްވާފައެވެ.
ޝައުނާގެ ކަށުނަމާދު ކުރުމަށް މިއަދު ހަމަޖެހިފައިވާއިރު އޭނާގެ މޫނު ދެއްކުމަށް ހަމަޖެހިފައިވަނީ ހަމައެކަނި އާއިލާގެ މެމްބަރުންނަށެވެ. ނަމަވެސް މައްޔިތާއަށް ޒިޔާރަތްކުރުން10:30 އިންފެށިގެން އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންދިއުމަށްވަނީ ހަމަޖެހިފައެވެ.
ރޭ ނިޔާވި ޝައުނާއަކީ މީގެ ކުރިން ދަރުމަވަންތަ ސްކޫލުގައި ގުރުއާން ޓީޗަރެއްގެ މަގާމު އަދާކުރަމުންދިޔަ ފަރާތެއްކަމަށް އެސްކޫލުން މައުލޫމާތުދެއެވެ.
ޝައުނާއަކީ ދެކުދިންގެ މަންމައެކެވެ،
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް