އެމްޓީސީސީގެ ސީއޯއޯގެ މަގާމަށް ސިނާން
ލިޔުންތެރިޔާ
ޚަދީޖާ އަރުފާ
އެމްޓީސީސީގެ ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމަށް ވަން އޮންލައިންގެ ސީއީއޯ ސިނާން އަލީ އައްޔަނުކޮށްފި އެވެ.
ސިނާން އެ މަގާމަށް އައްޔަން ކުރިތާ ހަފުތާއެއްހާ ދުވަސްވެފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ސިނާން ވަނީ، 2019 ވަނަ އަހަރުން ފެށިގެން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް އެމްޓީސީސީގެ ބޯޑު މެންބަރުކަން ވެސް ކުރައްވާފައެވެ.
އޭގެ ކުރިން، ކުރީގެ ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގައި، 2014 އިން 2016 އާ ހަމައަށް ވެސް އެމްޓީސީސީގެ ބޯޑު މެންބަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި އެވެ. އަދި އެ ވެރިކަމުގައި އޭނާ ވަނީ ސްޓެލްކޯގެ ޗެއާޕާސަންގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން، 2016 އިން 2018އަށް އޭނާ ވަނީ އައިލެންޑް އޭވިއޭޝަންގެ ބޯޑު މެންބަރަކަށް ވެސް ކުރައްވާފައެވެ.
ނޫސްވެރިކަމުގެ ދާއިރާ އިން ގައުމީ އިނާމު ހާސިލުކޮށްފައިވާ ސިނާން އަކީ އިނގިރޭސި ވިލާތުގެ އެންޖެލާ ރަސްކިން ޔުނިވަސިޓީން މާސްޓާސް އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ހާސިލުކޮށްފައިވާ ބޭފުޅެކެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް