އީޔޫއާއި ރާއްޖެއިން ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތްކުރަނީ
ޔޫރަޕިއަން ޔޫނިއަންއާއި ދިވެހިރާއްޖެއިން ގުޅިގެން ނިރުބަވެރިކަމާއި ދެކޮޅަށް މަސައްކަތްކުރުމަށް މަޝްވަރާކޮށްފިއެވެ.
މި މަޝްވަރާ ކުރިއަށް ގެންގޮސްފައިވަނީ މިވަގުތު ބްރަސަލްސްއަށް ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދާއި، ޔޫރަޕިއަން ކޮމިޝަންގެ ނައިބު ރައީސާ ފެޑެރިކާ މޮގެރީނީ ބޭއްވެވި ބައްދަލުވުމުގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ދެފަރާތުން ވަނީ ނިރުބަވެރިކަމާއި ދެކޮޅަށާއި ސަލާމަތީ އެހެނިހެން ކަންކަމުގެ ދެފަރާތުގެ އިތުރަށް ބަދަހިކުރުމަށް މަޝްވަރާކޮށްފައެވެ. އަދި އަންނަ މަހުގެ 13 އަދި 14ވަނަ ދުވަހުގައި، އީޔޫގެ ކައުންޓަރ ޓެރަރިޒަމް ކޯޑިނޭޓަރ ރާާއްޖެއަށް ކުރައްވާ ދަތުރުފުޅުގެ ވާާހަކަވެސް ދެބޭފުޅުން ވަނީ ދައްކަވާފައެވެ.
މީގެ އިތުރުން ބައިނަލްއަގްވާމީ މައްސަލަތައް ކަމުގައިވާ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ތިމާވެށީގެ މައްސަލަތަކަށް އަލިއަޅުވާލައި، ދެފަރާތުންވެސް ވަނީ އެ ދާާއިރާާތަކުގެ މުހިންމުކަން ފާާހަަގަކޮށް ގުޅުން ބަދަހިކުރުމަށްވެސް މަޝްވަރާކޮށްފައެވެ.
ފާާހަގަކުރެވޭ ގޮތުގައި މިއީ އީޔޫން ރާއްޖެއާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެކުލަވާލި ފްރޭމްވޯކް އުވާލިފަހުން، ރާއްޖޭގެ ޚާރިޖިއްޔާއާއި އީޔޫއާއި މެދު މަޝްވަރާތައް ބޭއްވި ފުރަތަމަ ފަހަރެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް