އެމްޑީޕީ ހަތަރު ކެނޑިޑޭޓުން އަމިއްލަގޮތުން އިންތިޚާބުގައި ވާދަކުރަނީ
އެމްޑިޕީގެ ޕްރަމަރީން ބަލިވި ހަތަރު ކެނޑިޑެޓުންގެ ތެރެއިން ހަތަރު ކެނޑިޑޭޓުން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރަން ނިންމައިފިއެވެ.
އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ނިންމާފައިވަނީ މަޖިލިސް އިންތިހާބުގައި ޕާޓީ ޕްރައިމަރީން ބަލިވި ފަރާތްތަކަށް މަޖިލީސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމުމާއި ގުޅިގެންނެވެ.
އެމްޑިޕީގެ ޕްރައިމަރީގައި ވާދަކުރެއްވި ކެނޑިޑޭޓުން މަޖިލިސް އިންތިޚާބުގައި ވާދަކުރެއްވިތޯ އިލެކްޝަންސް ކޮމިޝަންގެ ރައީސްގެ އަރިހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަރީފު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރެއްވި ކެނޑިޑޭޓުންގެ ތެރެއިން ހަތަރު ކެނޑިޑޭޓަކު މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރަން ނިންމާފައިވާކަމަށެވެ.
ސްޕްރީމް ކޯޓްގެ އަމުރާއި ގުޅިގެން ޕްރައިމަރީން ނާކާމިޔާބްވި ކެނޑިޑޭޓުންނަށް އަމިއްލަގޮތުން ވާދަކުރުމަށް އިލެކްޝަނުން ހުޅުވާލި ފުރުސަތު މިއަދު ހަވީރު ހަތަރަކަށް ވަނީ ހަމަވެފައެވެ. އެމްޑީޕީގެ ޕްރަމަރީން ނާކާމިޔާބުވި ކެނޑިޑޭޓުންގެ ތެރެއިން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރައްވާނެ ކަން އިއުލާން ކުރައްވާފައިވަނީ މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި އަބްދުﷲ ޖާބިރެވެ. އިތުރު އެއްވެސް ބޭފުޅަކު އަމިއްލަ ގޮތުން ވާދަކުރައްވާނެ ކަން ފާޅުގައި ހާމަކޮށްފައި ނުވެއެވެ.
އެމްޑީޕީގެ ޓިކެޓްގައި މަޖިލީހަށް ވާދަކުރައްވަން ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވި ހަތަރު ކެނޑިޑޭޓަކު އަމިއްލަ ގޮތުން އެ އިންތިޚާބުގައި ވާދަކުރައްވަން ފޯމް ހުށަހަޅާފައިވާއިރު، އެކަމާއި ގުޅިގެން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނީ ޕާޓީގެ މެންބަރުން އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރުމަކީ ޕާޓީއަށް ބޭވަފާތެރިވުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް