ރާއްޖޭގެ އެކި ހިސާބުތަކަށް ރީނދޫ ސަމާލާއި ހުދު ސަމާލު ނެރެފި!
މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، ރާއްޖޭގެ އެކި ހިސާބުތަކަށް ރާއްޖޭގެ މޫސުމާއި ބެހޭ އިދާރާ (މެޓް) އިން ރީނދޫ ސަމާލާއި ހުދު ސަމާލު ނެރެފިއެވެ.
މެޓް އިން ރީނދޫ ސަމާލު ނެރެފައި ވަނީ މ އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީ އާއި ހިސާބަށެވެ. މި ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 11 އިން ހަވީރު 3 އަށެވެ.
މެޓް އޮފީހުން ލަފާ ކުރާ ގޮތުގައި މި އަތޮޅު ތަކަށް ބޯކޮށް ވާރޭ ވެހުމާއި އެކު ގުގުރުމަކީ އެކަށީގެންވާ ކަމެކެވެ.
މެޓް އޮފީހުން ވަނީ މިއަދު ގެ ހެނދުނު ގެ 10 އިން ހަވީރު 4 އަށް ނ އަތޮޅުން ފެށިގެން ވ އަތޮޅަށް ހުދު ސަމާލު ވެސް ނެރެފައެވެ.
މެޓް އޮފީހުން ވަނީ މި އަތޮޅު ތަކަށް ގަޑި އަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައިޖެހި، ކަނޑުތައް ގަދަ ވާނެ ކަމަށް ލަފާ ކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް