N/A
N/A
ހަބަރު 14 Aug 2019 | 15:28

އިންޑިއާ ސިފައިންނަށް ހިތްވަރު ދީ ކުރި ޓްވީޓަކާ ގުޅިގެން ޕްރިޔަންކާ ހޫނު ފެނަށް!

އިންޑިޔާ-ޕާކިސްތާނުގެ ހަމަނުޖެހުން އިތުރުވެފައިވާ ދަނޑިވަޅެއްގައި ބޮލީވުޑް އަދި ހޮލީވުޑްގައިވެސް މަސައްކަތް ކުރަމުން އަންނަ ތަރި ޕްރިޔަންކާ ޗޯޕްރާ ކުރި ޓްވީޓެއްގެ ސަބަބުން އޭނާއަށް އެތައް ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެއްޖެއެވެ.

މިއަހަރުގެ ފެބްރުއަރީމަހުގެ ތެރޭގައި އިންޑިއާއާ ޕާކިސްތާނާ ދެމެދު ހަމަނުޖެހުން އިތުރުވެފައި ވަނިކޮށް ޕްރިޔަންކާ ވަނީ އިންޑިއާގެ އަސްކަރިއްޔާއަށް ހިތްވަރު ދިނުމުގެ ގޮތުން ޓްވީޓެއް ކޮށްފައެެވެ. އެޓްވީޓްގައި ޕްރިޔަންކާ ވަނީ "ޖެއި ހިންދު" ލިޔުމަށްފަހު ހޭޝްޓެގް ޖަހައި، އިންޑިއާގެ އަސްކަރިއްޔާއަށް ތަރުހީބު ދިފައެވެ.

ފެބްރުއަރީމަހުގައި ޕްރިޔަންކާ ކުރި ޓްވީޓުގެ ވާހަކަ މިހާރު މީސްމީޑިއާގައި އަޑު ހަރުކޮށް ދެކެވެން ފަށާފައި މިވަނީ އެމެރިކާގެ ލޮސް އެންޖަލިސްގައި ހޮނިހިރު ދުވަހު ބޭއްވި ކޮސްމެޓިކް އިވެންޓެއްގެ ތެރެއިން އެ ޓްވީޓާ ގުޅޭ ގޮތުން އެމެރިކާ-ޕާކިސްތާނަށް ނިސްބަތްވާ އަންހެނަކު ސުވާލު ކުރުމުންނެވެ.

ކޮސްމެޓިކް އިވެންޓުގައި ބައިވެރިވެ، އޯޑިއަންސްގައި އިން އެ އަންހެން މީހާ ވަނީ، ޕާކިސްތާނާ އިންޑިއާއާ ދެމެދު ހަމަނުޖެހުން އިތުރުވެފައިވާ ދަނޑިވަޅެއްގައި، ޔުނިސެފްގެ ޕީސް އެމްބަސަޑަރެއްގެ ގޮތުގައި ހުރެގެން، ޕްރިޔަންކާ އިންޑިޔާ ސިފައިންނަށް ހިތްވަރު ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ބުނެފައެވެ. އަދި އެއީ ހަނގުރާމައަށް ހިތްވަރު ދިނުން ކަމަށްވެސް އެ އަންހެން މީހާ ވަނީ ބުނެފައެެވެ.

ޕްރިޔަންކާގެ ޓްވީޓުގެ މައްސަލަ ހޫނު ވެފައިވާއިރު، އެކަމާ ގުޅިގެން ގިނަ ބަޔަކު ދަނީ އޭނާއަށް ބަހުގެ ހަމަލާތައް ދެމުންނެވެ. އެގޮތުން، ޕްރިޔަންކާ ފަދަ ނިއުކްލިޔަރ ހަނގުރާމައަށް ހިތްވަރުދޭ މީހަކު އދގެ ގުޑްވިލް އެމްބަސަޑަރެއްގެ މަގާމުގައި ބަހައްޓަން ނުޖެހޭ ކަމަށާ، އޭނާ އަކީ އެމަގާމަށް ކުފޫ ހަމަވާ މީހެއް ނޫން ކަމަށްވެސް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އދގެ ގުޑްވިލް އެމްބަސަޑަރަކަށް ޕްރިޔަންކާ ހަމަޖައްސާފައިވަނީ 2016 ވަނަ އަހަރުއެވެ.

އިންޑިއާ-ޕާކިސްތާނުގެ މައްސަލަ އަނެއްކާވެސް ހޫނުވެފައިވާއިރު، އެކަމާ ގުޅިގެން މިފަހަރު ހޫނު ފެނަށް މި ވެއްޓުނީ އިންޑިއާގެ ފިލްމީ ތަރިއެކެވެ. މީގެ ކުރިންވެސް ފިލްމީ ތަރިންނަށް އިންޑިއާ ނުވަތަ ޕާކިސްތާނުގެ ސައިޑަށް އެރުމުން އެކި މައްސަލަތައް ދިމާވެފައިވެފައި ވެއެވެ. އެގޮތުން، ޕާކިސްތާނުގެ ލަވަކިޔުންތެރިޔާ އާތިފް އަސްލަމްއަށްވެސް ބޮލީވުޑުން ލަވަ ކިޔުމުގެ ފުރުސަތު ހޯދަން ދަތިވި ދުވަސްވަރެއް ދިޔައެވެ.

އިންޑިއާގެ ގާނޫނުއަސާސީގައި ކަޝްމީރަށް ބާރުތަކެއް ދިނުމާ ބެހޭ ގޮތުން އޮންނަ 370 ވަނަ މާއްދާ އިސްލާހުކޮށް ޖައްމޫ އާއި ކަޝްމީރަކީ ދެ ޔުނިއަން ޓެރިޓަރީސްގެ ގޮތުގައި ހަމަޖައްސަން އިންޑިއާ ސަރުކާރުން ނިންމި މައްސަލާގައި ޕާކިސްތާނާއި އިންޑިއާގެ ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ.

ކޮމެންޓް ކުރޭ

އީމެއިލް ނުފެންނާނެއެވެ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި
12 Oct 2026 ހަބަރު

ފޯބްސް އިން ހޮވި ދުނިޔޭގެ އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުން ބޭންކް އޮފް މޯލްޑިވްސް ޖާގަ ހޯދައިފި

ފޯބްސް މަޖައްލާއިން ހޮވި މިއަހަރުގެ ދުނިޔޭގެ އެންމެ ހަރުދަނާ އަދި އެންމެ ކާމިޔާބު ބޭންކުތަކުގެ ލިސްޓުގައި ރާއްޖޭގެ ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ހިމެނިއްޖެއެވެ. މިއީ މާކެޓް ރިސާޗް...

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި
12 Oct 2026 ހަބަރު

އިންޑިއާ މީހަކު ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި

ގަވާއިދާ ހިލާފަށް ރާއްޖޭން ބޭރުކުރަން އުޅުނު ނުވަ ލައްކަ ރުފިޔާ އަތުލައިގެންފި އެވެ. މޯލްޑިވްސް ކަސްޓަމްސް ސާވިސް އިން ވަނީ އެކަން ހާމަކޮށްފަ އެވެ. ކަސްޓަމުން ބުނީ ގަވާއިދާ ހިލާފަށް ރާއްޖެއިން ބޭރުކުރ...

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ ލައިސަންސް ނެތި ޖަލުތައް އަޅަން ޕޮލްކޯއަށް 45.5 މިލިއަން ރުފިޔާ، ލިބުނީ ގެއްލުން: އޮޑިޓް

އިމާރާތްކުރުމުގެ ތަޖުރިބާއެއް ނެތް އަދި ލައިސަންސްވެސް ނެތް ފުލުހުންގެ ކޯޕަރޭޓިވް ސޮސައިޓީ (ޕޮލްކޯ) އަށް 45.5 މިލިއަން ރުފިޔާއަށް ހަވާލުކުރި މަޝްރޫއެއްގެ ސަބަބުން ސަރުކާރަށް ގެއްލުންވެ، މަސައްކަތް މެދ...

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ
12 Oct 2026 ހަބަރު

ރަސްމާލެ މަޝްރޫޢުގެ ކަންބޮޑުވުންތަކާއެކު ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އެކުގައި މަސައްކަތް ކުރަން އެއްބަސްވެއްޖެ

ރަސްމާލެ ހިއްކުމާއި ތަރައްޤީކުރުމުގެ މަޝްރޫޢާ ގުޅިގެން އުފެދިފައިވާ ސީރިއަސް ކަންބޮޑުވުންތަކާ މެދު މަޝްވަރާ ކުރުމަށް ޢިލްމުވެރިންގެ ގުޅުމާއި އަދާލަތު ޕާޓީން އިއްޔެ ޚާއްޞަ ބައްދަލުވުމެއް ބާއްވައިފި އެވ...

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި
12 Oct 2026 ހަބަރު

އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް އެޗްޑީސީން އިލްތިމާސްކޮށްފި

ހުޅުމާލޭގައި ކުރިއަށްދާ އިމާރާތްކުރުމުގެ މަސައްކަތްތަކުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކަށް ފުރިހަމައަށް އަމަލުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިލްތިމާސްކޮށްފިއެވެ...

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި
12 Oct 2026 ހަބަރު

ދެއްވަދޫ ހޭންޑްބޯޅަ ކޯޓު ހެދުމުގެ މަޝްރޫޢު އެމްޓީސީސީއާ ހަވާލުކޮށްފި

ގއ. ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ތަރައްޤީކުރުމަށް 1.81 މިލިއަން ރުފިޔާގެ މަޝްރޫޢެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ މިއަދު ހަވާލުކޮށްފިއެވެ. ސްޕޯޓްސް މިނިސްޓްރ...

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ
12 Oct 2026 ހަބަރު

ވެލާނާ އެއާޕޯޓް، ވޯލްޑް ޓްރެވަލް އެވޯޑްސްގެ ދެ ކެޓަގަރީއަކަށް ނޮމިނޭޓްވެއްޖެ؛ މިހާރު ވޯޓު ލެވޭނެ

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) ގެ ދަށުން ހިންގާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ވޯލްޑް ޓްރެވަލް އެވޯޑްސް 2026 ގެ ދެ ބައެއް ކަމުގައިވާ "ވޯލްޑްސް ލީޑިންގ އެއާޕޯޓް 2026"...

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި
12 Oct 2026 ހަބަރު

އާރަށް މައްސަލަ: ޔާމީންގެ ދިފާއީ ހެކިތަކާއި އަދީބު، ޒިޔަތުގެ ހެކިބަސް ބަލައިގަންނަން ކޯޓުން ނިންމައިފި

ވ. އާރަށް ކުއްޔަށް ދިން މުޢާމަލާތާ ގުޅިގެން ކުރީގެ ރައީސް ޢަބްދުالله ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީޢަތުގައި، ދިފާޢީ ހެކިތައް ބަލައިގަތުމަށާއި ދައުލަތުން ހުށަހެޅި ކުރ...