ހއ އިން ބ އަތޮޅަށް ހުދު ސަމާލު ނެރެފި
މޫސުން ގޯސްވެ، ހއ އަތޮޅުން ފެށިގެން ބ އަތޮޅުގެ ރަށްތަކަށް ހުދު ސަމާލު ނެރެފިއެވެ.
މޫސުމާއި ބެހޭ އިދާރާ (މެޓް އޮފީސް) އިން މި ސަރަހައްދަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު މެންދުރު 13:15 އިން މިއަދު އިރު އޮއްސި 18:00 އާއި ހަމައަށެވެ.
މެޓް އޮފީހުން ބުނީ މި ވަގުތުގެ ތެރޭގައި މި ސަަރަހައްދަށް ބޯކޮށް ވާރޭވެހުމާއި އެކު ގުގުރާނެ ކަމަށާއި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށެވެ.
ހަމައެއާއިއެކު، ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ, ކަނޑުތައް ގަދަވާނެ ކަމަށް ވެސް މެޓް އޮފީހުން ލަފާކުރެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް