ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅުގެން ރެހެންދި ސްކޫލުގައި ހަރަކާތްތެރިވަނީ
ލިޔުންތެރިޔާ
ސްޓާފް ރައިޓަރ
ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގައި ފުލުހުން ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން މިއަދު މީޑިޔާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހުޅުމާލޭގައި ހުންނަ ރެހެންދި ސްކޫލުގައި އެ އިދާރާއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެނގިފައިވާ ގޮތުގައި ފުލުހުން އެ ސްކޫލުގައި ހަރަކާތްތެރިވަނީ ބޮމެއްގެ އިންޒާރު ލިބިގެންނެވެ. އެ އިންޒާރު ފުލުހުންނަށް ލިބިފައިވަނީ އެނގިފައިވާ ގޮތުގައި އީމެއިލްގެ ޒަރިއްޔާއިންނެވެ.
ނަމަވެސް ފުލުހުން ފަހުން ވަނީ ނުރައްކަލެއް ނެތްކަމަށް ބުނެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް