ދެކުނު ކޮރެއާގައި މާޝަލް ލޯ ހިންގުމަށް ނިންމާފައިވާކަން ރައީސް ޔޫން އިއުލާނުކުރައްވައިފި
ލިޔުންތެރިޔާ
އަބްދުﷲ ހުސައިން
ދެކުނު ކޮރެއާގައި މާޝަލް ލޯ ހިންގުމަށް އެޤައުމުގެ ރައީސް ޔޫން ސުކް ޔޯލް ނިންމަވައި އެކަން އިއުލާނުކުރައްވައިފިއެވެ.
ރައީސް ޔޫންގެ މި ނިންމެވުމާއެކު، ދެކުނު ކޮރެއާގެ އިދާރާތައް ވަގުތީގޮތުން ހިންގުމަށް ސިފައިން ވަނީ ނިކުމެފައެވެ. ދެކުނު ކޮރެއާގައި މާޝަލް ލޯ ހިންގުމަށް ނިންމާފައިވަނީ، އުތުރު ކޮރެއާއިން އެގައުމުގެ ބައެއް އިދިކޮޅު ސިޔާސީ ފަރާތްތަކާ ގުޅިގެން ދައުލަތާ ދެކޮޅަށް ހަރަކާތްތަކެއް ރޭވުމަށް ތައްޔާރުވަމުންދާކަމުގެ އިންޓަލިޖަންސް މައުލޫމާތު ސަރުކާރަށް ލިބުމާ ގުޅިގެންކަމަށް މީޑިއާގެ ރިޕޯޓްތައް ބުނެއެވެ.
ރޮއިޓާސްއިން ބުނާގޮތުގައި ސިފައިން މިހާރު ގެންދަނީ، ދެކުނު ކޮރެއާގެ މަގުތަކަށާއި، ސަރުކާރުގެ އިމާރާތްތަކުގެ އިތުރުން މުހިއްމު ތަންތަން އެމީޙުންގެ ބެލުމުގެ ދަށަށް ގެންނަމުންނެވެ.
ދެކުނު ކޮރެއާގެ ރައީސް ޔޫން މިއަދު ދައުލަތުގެ ޓީވީ މެދުވެރިކުރައްވައި ދެއްވި ބަސްދީގަތުމެއްގައި ވިދާޅޫވީ، މާޝަލް ލޯ ތަންފީޒުކުރައްވައި އެންމެ މުހިއްމު ކަމަކަށްވާނީ މިނިވަން ޑިމޮކްރަޓިކް ޤައުމެއްގެ ގޮތުގައި ދެކުނު ކޮރެއާ ބިނާކުރުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް