އުނގޫފާރުގައި ކަރަންޓުގައި ޖެހުނު ޒުވާނާ ނިޔާވެއްޖެ
ރ. އުނގޫފާރުގައި، މަގުބައްތިއަކުން ކަރަންޓުގައި ޖެހިގެން ފަރުވާދެމުންދިޔަ ޒުވާނާ ނިޔާވެއްޖެއެވެ.
އުމުރުން 18 އަހަރުގެ ހުސެއިން އަތީކް އަށް އައިޖީއެމްއެޗްގައި ވެންޓިލޭޓަރުގައި ފަރުވާދެމުންދަނިކޮށް ނިޔާވީ މިއަދު ހެނދުނެވެ.
މިދިޔަ މެއި މަހުގެ 23 ވަނަ ދުވަހު އުނގޫފާރުގައި ހިނގި މި ހާދިސާ އާއި ގުޅިގެން އަތީކް ގެ އިތުރުން 12 އަހަރާއި 8 އަހަރުގެ ކުއްޖަކަށް އުނގޫފާރު ހޮސްޕިޓަލުން ފަރުވާދިނެވެ. މި ދެކުދިން ވަނީ ފަހުން ހޮސްޕިޓަލުން ދޫކޮށްލާފައިއެވެ.
އިތުރު ފަރުވާއަށް އަތީކް މާލެ ގެނައިރުވެސް ހާލު ސީރިއަސް ވުމާއި ގުޅިގެން ފަރުވާ ދެމުންދިޔައީ ވެންޓިލޭޓަރުގައެވެ.
މިހާދިސާ ހިނގަން މެދުވެރިވީ ވާރޭވެހިގެން ހެދިފައި އޮތް ފެންގަނޑަކަށް މަގުބައްތިއަކުން ކަރަންޓު އައިސްފައި ހުރުމުން ކަމުގައި ފުލުހުން ވަނީ ހާމަކޮށްފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް