މަމްނޫނުގެ ޖަނާޒާ މިރޭ ތަރާވީހް ނަމާދަށް ފަހު އާ ސަހަރާގައި
ލިޔުންތެރިޔާ
އަހުމަދު ހަމީދު އާދަމް
ރޭ އަވަހާރަވި މއ. ކާމިނީހުޅަނގު, މަމްނޫން އަބްދުލްޤައްޔޫމްގެ ޖަނާޒާ މިރޭ ބޭއްވުމަށް ނިންމައިފި އެވެ.
މަމްނޫން އަވަހާރަވީ އުމުރުފުޅުން 68 އަހަރުގައި ރޭގެ ވަގުތެއްގަ އެވެ. އާއިލާ އިން ބުނީ މަމްނޫންގެ ޖަނާޒާ މިރޭ ތަރާވީހް ނަމާދަށް ފަހު މަސްޖިދުއްތަޢާވުނި (އާސަހަރާ މިސްކިތް) ގައި އޮންނާނެ ކަމަށެވެ.
މީގެ އަހަރުތަކެއް ކުރީން ކުރިމަތިވި ސިއްހީ މައްސަލައަކަށް މަމްނޫން, ފަރުވާ ހޯއްދަވަމުން ގެންދަވާތާ އަހަރުތަކެއް ވެއްޖެ އެވެ. ރޭ ކުއްލި ގޮތަކަށް އަވަހާރަވީއިރު އިއްޔެ ވެސް ހޮސްޕިޓަލަށް ވަޑައިގެން ފަރުވާ ހޯއްދެވި ކަމަށް އެނގިފައިވެ އެވެ.
މަމްނޫން އަވަހާރަވުމާއި ގުޅިގެން ރައީސް މައުމޫނާއި ރައީސް ޔާމީން ވެސް ރޭ ވަނީ ހޮސްޕިޓަލަށް ވަޑައިގެންފަ އެވެ. މަމްނޫނަކީ ރައީސް މައުމޫންގެ އެއްބަފާ ކޮއްކޯފުޅެވެ. ރައީސް ޔާމީންގެ އެއްބަނޑުއެއްބަފާ ބޭބޭފުޅެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް